Advertisement
ކ. މާލެ
|
16 މާރޗް 2020 | ހޯމަ 14:55
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
އޮޑިޓަރ ޖެނެރަލްގެ އޮފީހުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
އޮޑިޓަރ ޖެނެރަލް އޮފީސް
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ކޮވިޑް-19: އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތަފާތު އެލަރޓް ލެވަލްގައި އަމަލު ކުރާނެ އުޞޫލުތަކެއް ތައާރަފުކޮށްފި
ކު ގޭގައި މަޑުކުރަންޖެހޭ މުވައްޒަފުން ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރެވޭނެ އިންތިޒާމު ވަނީ ފަހިކޮށްދީފައި
މެޑިކަލް ސެޓްފިކެޓް ހުށަހެޅުން ވަގުތީގޮތުން ހުއްޓާލުންފަދަ ލުއިތަކެއްވެސް ވަނީ ހަމަޖައްސައިދީފަ
ބަލިފެތުރުމުގެ ބިރުވެރިކަން ބޮޑު ތަންތަނުގެ އޮޑިޓްކުރުމަށް އޮޑިޓަރުން ފީލްޑަށް ދިއުން މި ވަގުތީގޮތުން ވަނީ ހުއްޓާލާފައި

މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ރޯގާގެ ނުރައްކާ ދިވެހިރާއްޖެއަށް ވެސް ފޯރާފައިވާތީ، އެކަމަށް ތައްޔާރުވުމުގެ ގޮތުން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތަފާތު އެލަރޓް ލެވަލްގައި އަމަލު ކުރާނެ އުޞޫލުތަކެއް ތައާރަފުކޮށްފިއެވެ.

އެގޮތުން، މިހާރު މިއޮތް ޔެލޯ އެލަރޓްގައި އޮޑިޓް ކުރުމަށް އޮފީސްތަކަށް ޒިޔާރަތް ކުރުމުގައި، ހޮސްޕިޓަލްތަކާއި ޕޯޓްތައް ފަދަ ބަލިފެތުރުމުގެ ބިރުވެރިކަން ބޮޑު ތަންތަނުގެ އޮޑިޓްކުރުމަށް އޮޑިޓަރުން ފީލްޑަށް ދިއުން މި ވަގުތައް މަޑުޖައްސާލުމާއި، ވީވަރަކުން އޮފީހުން ބޭރުގައި ބާއްވާ މީޓިންތަކާއި، ޓްރޭނިންގތަކާއި ވިޒިޓްތައް މަދުކޮށްލުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ދަތުރުތައް ވަގުތީގޮތުން މެދުކަނޑާލަން ވަނީ ހަމަޖައްސާފައެވެ.

އަދި މިހާރުން މިހާރަށްވެސް މުވައްޒަފުންގެ ތެރޭގައި ހިމެނޭ، ރިސްކު ލެވެލް ހައި ކެޓަގަރީ ކަމުގައިވާ، 55 އަހަރުން ފެށިގެން މަތީގެ މުވައްޒަފުންނާއި، މާބަނޑު އަންހެނުންނާއި، ފުއްޕާމޭގެ ބަލިތައް ތަހައްމަލް ކުރަމުންދާ ފަރާތްތަކަށް ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ ބުނެފައެވެ.

Advertisement

މީގެ އިތުރުން ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ އެ މުވައްޒަފަކު ސެލްފް އައިސޮލޭޓް ކުރުމަށް ގޭގައި މަޑުކުރުވާގޮތަށްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ހަމަ އެއާއިކު، މުވައްޒަފުން ދެ ދުވަހަށްވުރެ ގިނަ ދުވަހު ސަލާމުގައި ހުންނަން ޖެހިއްޖެނަމަ މިހާރު ހުށަހަޅަންޖެހޭ މެޑިކަލް ސެޓްފިކެޓް ހުށަހެޅުން ވަގުތީގޮތުން ހުއްޓާލުންފަދަ ލުއިތަކެއްވެސް ވަނީ ހަމަޖައްސައިދީފައެވެ. އޮޑިޓަރ ޖެނެރަލް އޮފީހުގެ އެޗް.އާރް މެނޭޖަރ ވިދާޅުވިގޮތުގައި، މެޑިކަލް ސެޓްފިކެޓް ހުށަހަޅަންޖެހުމަކީ، މުވައްޒަފުން ހޮސްޕިޓަލްތަކަށް ދާންޖެހި، ބަލި ޖެހުމަށް މަގު ފަހިވެދާނެކަމެއް ކަމަށް ފެންނާތީ މިހިނދަށް އެކަން ނުކުރާގޮތަށް ނިންމީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިގެނައި ބަދަލުތަކާއެކު ގޭގައި މަޑުކުރަންޖެހޭ މުވައްޒަފުން ގޭގައި ތިބެގެން އޮފީހުގެ މަސައްކަތްތައް ކުރެވޭނެ އިންތިޒާމު މިހާރުވަނީ ފަހިކޮށްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް