ކ. މާލެ
|
16 މާރޗް 2020 | ހޯމަ 12:26
ރައީސް ސޯލިހު
ރައީސް ސޯލިހު
ރައީސް އޮފީސް
ލާމަރުކަޒުކުރުން
ސިޓީ އަދި ރަށު ކައުންސިލްތަކުގެ އިހްތިސާސް ރައީސްގެ ގަރާރަކުން ކަނޑައަޅުއްވައިފި
ގާރާރަކުން އިހުތިސާސްތައް ކަނޑައަަޅުއްވާފައިވަނީ އާދިއްތަ ދުވަހު
މި ގޮތަށް ނިންމަވާފައިވަނީ ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީ
ކައުންސިލްތަކުގެ އިޚުތިޞާޞް ކަނޑައެޅުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އާއި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިހުތިޞާޞްތައް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ކަނޑައަޅުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައަޅުއްވާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަންވާނީ ލާމަރުކަޒީ އުޞޫލުން ކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 230 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާތީއާއި، ޤާނޫނު ނަންބަރު 2019/24 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ 1-56 ގެ (ހ) އިން، ދިވެހިރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޚުތިޞާޞް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާތީއެވެ.

ތިރީގައިވާ ލިންކުން މި ޤަރާރުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި، ރަށު ކައުންސިލްތަކުގެ އިހުތިޞާޞްތަކުގެ މަޢުލޫމާތު ހިމެނޭނެކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

- ކޮމެންޓް