Advertisement
ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 18:31
ރާއްޖޭގެ އެއަރޕޯޓް
ރާއްޖޭގެ އެއަރޕޯޓް
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ކޮވިޑް-19: ދިވެހިންނަށް ލަންކާއިން ދެމުން އަންނަ އޮން-އެރައިވަލް ވިސާދިނުން ހުއްޓާލައިފި
15 މަރޗްގެ ރޭގަނޑު 23:30 އިން ފެށިގެން އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ގައުމަކަށްވެސް ރާއްޖެހިމެނޭގޮތަށް މި ޚިދުމަތް ދިނުން ވަނީ ހުއްޓާލާފައި

ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ ސްރީލަންކާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ޚަރުދަނާކުރުމުގެ ގޮތުން 15 މަރޗްގެ ރޭގަނޑު 23:30 އިން ފެށިގެން އޮން-އެރައިވަލް ވިސާ ލިބޭ ހުރިހާ ގައުމަކަށްވެސް ރާއްޖެހިމެނޭގޮތަށް މި ޚިދުމަތް ދިނުން ހުއްޓާލާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެހެންކަމުން އޮފިޝަލް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކާއި ސްރީލަންކާގެ ރެޒިޑެންޓް ވިސާ އޮންނަ ފަރާތްތައް ފިޔަވައި ހުރިހާ ދިވެހިންނަށްވެސް ލަންކާއަށް ޒިޔާރަތްކުރުމުގައި އޮންނަ އޮން އެރައިވަލް ވިސާގެ ޚިދުމަތް ވަގުތީގޮތުން މެނދުކަނޑާލާފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ސްރީލަންކާއަކީ ދިވެހިންގެ ގިނަ އަދަދެއްގެ ބަޔަކު ދިރިއުޅެމުން އަންނަ އަދި އާންމުކޮށް ދަތުރުކޮށް އުޅޭ ޤައުމަކަށްވެފައި އަދި ޚާއްސަކޮށް ސިއްހީ ފަރުވާ ހޯދުމަށް ދިވެހިން އެންމެ ގިނައިން ޚިޔާރުކުރާ އެއް ގައުމަކަށްވާތީ ކޮންމެހެން ސްރީލަންކާ އަށް ޒިޔާރަތްކުރަން މަޖުބޫރުވާ ފަރާތްތަކުން އެގައުމުގެ އިލެކްޓްރޯނިކް ވިސާ އޮތޯރިޓީގެ ވެބްސައިޓް މެދުވެރިކޮށް ވިސާ ނަގަންޖެހޭނެކަމަށް މިނިސްޓްރީން ބުނެއެވެ. މީގެއިތުރުން އެވަގުތެއްގައި ދަތުރުފަށާ ގައުމެއްގެ ހާލަތަށްބަލާ ހުރިހާ ދަތުރުވެރިންވެސް 14 ދުވަހުގެ ކަރަންޓީނުގައި ތިބެންޖެހުން އެކަށީގެންވާކަމަށްވެސް ލަންކާ ސަރުކާރުން އަންގާފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

Advertisement

ލަންކާގައި މިވަގުތު ދިރިއުޅެމުންދާ ދިވެހި ރައްޔިތުން ކޮންމެހެން ކުރަންޖެހޭ ދަތުރުފަތުރު ނޫނީ ނުކުރުމަށާއި ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި މީހުން ގިނައިން އެއްވާ ތަންތަނަށް ނުދިޔުމަށް ފޮރިން މިނިސްޓްރީން އިލްތިމާސްކުރެއެވެ. އަދި ލަންކާއަށް ދަތުރުކުރާ ފަރާތްތަކުންނާއި ލަންކާގައި ދިރިއުޅޭ ރައްޔިތުން ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގައި ރަޖިސްޓަރ ކުރުމަށްވެސް ވަނީ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފަ އެވެ. ހަމައެހެންމެ ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން ޓްރެވަލް އިންޝުއަރަންސް ހޯދުމަކީވެސް ޚާއްސަކޮށް މިދުވަސްވަރު ބޭނުންތެރި ކަމެއްކަމަށްވެސް މިނިސްޓްރީން ފާހަގަކޮށްފައިވެ އެވެ.

ސްރީލަންކާގައި މިހާތަނަށް 11 މީހުންނަށް މިވައިރަސް ޖެހިގެން ވަނީ ރިޕޯޓްކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް