Advertisement
ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 22:21
ޖޭއެސްސީގެ މެމްބަރުން ތަކެއް
ޖޭއެސްސީގެ މެމްބަރުން ތަކެއް
ޓްވިޓަރ
ކޮވިޑް-19
ކޮވިޑް-19 އާ ގުޅިގެން އެކަހެރިކުރާ ފަނޑިޔާރުންނަށް މުސާރާއާ އިނާޔަތްތައް ނުކެޑޭގޮތަށް ނިންމައިފި
އިނާޔަތްތައް ލިބޭ ގޮތަށް ދޫދިނުމެއް ވަނީ ދީފައި
ސަރުކާރުގެ އޮފީސްތަކުންވެސް ދަނީ އެކޮ ކަހަލަ ފިޔަވަޅުތައް އަޅަމުން

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފަނޑިޔާރުން އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް ޖަލްސާއެއް ބާއްވާފަ އެވެ.

އެ ޖަލްސާގައި ނިންމި ކަންތައް ބަޔާންކޮށް ޖޭއެސްސީން ނެރެފައިވާ ބަޔާނެއްގައި ބުނީ، ސެލްފް އައިސޮލޭޝަންއަށް ނުވަތަ އައިސޮލޭޝަން އަށް ފޮނުވާ ނުވަތަ ކަރަންޓީންކުރާ ފަރާތްތައް ވަޒީފާއަށް ނުނިކުމެ ހުންނަ މުއްދަތު އަހަރީ ޗުއްޓީއާއި އެހެނިހެން ޗުއްޓީތަކުން ނުކެނޑޭގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި މުސާރައާ އިނާޔަތްތައް ލިބޭ ގޮތަށް މިދުވަސްތަކުގައި ދޫކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

Advertisement

ޖޭއެސްސީން ވަނީ ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ސިއްހަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭނެކަމުގެ ޔަގީންކަންވެސް އަރުވާފައެވެ.

ފަނޑިޔާރުން އަމަލުކުރާނެ ގޮތުގެ އުސޫލުތަކެއް ޖޭއެސްސީން ނިންމާފައިވާއިރު، ސަރުކާރުގެ ބައެއް އޮފީސްތަކުންވެސް ދަނީ އެކި ކަހަލަ ފިޔަވަޅުތަކެއް އަޅަމުންނެވެ. ސަރުކާރުގެ އޮފީސްތަކުން އަޅަން ހަމަޖެއްސެވި ފިޔަވަޅުތަކުގެ ތެރޭގައި، ކޮވިޑް-19 ގެ އަލާމާތެއް ފެނިގެން މަސައްކަތަށް ނުނިކުތުމަށް ސަރުކާރުގެ ކަމާބެހޭ ފަރާތަކުން ލަފާ ދީފިނަމަ އެ މުވައްޒަފު މަސައްކަތަށް ނުނެރުމަށާއި، ބައްދަލުވުންތަކާއި ހަފުލާތަކާއި ތަމްރީނު ޕްރޮގްރާމުތައް ސަރުކާރުގެ އޮފީސްތަކުން ނުރޭވުމަށާއި، ކޮންމެހެން ބާއްވަންޖެހިއްޖެ ބައްދަލުވުމެއްނަމަ ޓެލެކޮންފަރެންސިންގ ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން އިންތިޒާމުކުރުމަށާއި، ޚިދުމަތެއް ހޯދުމަށް ފިންގަރޕްރިންޓް ޖަހަންޖެހޭ ގޮތަށް ސަރުކާރުގެ އޮފީހަކުން ހަމަޖައްސާފައިވާނަމަ ފިންގަރޕްރިންޓް ނެގުމަކާ ނުލާ ޚިދުމަތް ދޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް