Advertisement
ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 18:52
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
މިހާތަނަށް ރާއްޖޭގައި އުޅޭ އެއްވެސް މީހެއްގެ ގައިން އަނެކަކުގެ ގަޔަށް ވައިރަސް އަރާފައެއް ނުވޭ!
ކުރެއްދޫ 5 މީހުންނަށް ކޮރޯނާވައިރަސް އަރާފައިވަނީ ސީދާ އިޓާލީ މީހާގެ ގައިން، އެރަށުގެ އެކަކު އަނެކަކުގެ ގަޔަށް ބަލި އަރާފައެއް ނުވޭ
ދެން ކޮރޯނާވައިރަސް ޕޮޒިޓިވްވި މީހުންނަކީ ރާއްޖެއައިއިރުވެސް އެބަލި ހުރި މީހުން
މިހާތަނަށް ރާއްޖެއިން ފެނިފައިވަނީ 13 ކޭސްއެއް

ދުނިޔޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕްޒިޓިވްވި މީހުންގެ ތެރޭގައި ކުރެއްދޫ ރިސޯޓް ފިޔަވާ ދެން ޕްޒިޓިވް މީހުންނަކީ އެމީހުން ރާއްޖެއައިއިރުވެސް އެބަލި ހުރި މީހުންކަމަށް ޓާސްކްފޯއިން ބުނެފި އެވެ.

Advertisement

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ، ކުރެއްދޫ ރިސޯޓުން ކޮރޯނާވައިރަސްއަށް ޕޮޒިޓިވްވި 5 މީހުން އެބައްޔަށް ޕޮޒިޓިވް ވެފައިވަނީ، ސީދާ އެމީހުންގެ ގައިންކަމަށާއި، އަދި މިހާރު ޕޮޒޮޓިވް ވެފައިވާ އަނެއް 8 މީހުންނަކީ ވެސް އެމީހުން ރާއްޖެއައިއިރު، އެބަލި ޖެހިފައިވާ މީހުން ކަމަށެވެ.

ކުރެއްދޫގެ ފަސް ކޭސްއަކީ ކުރެއްދޫއައި ފަތުރުވެރިޔަކާ ގުޅިގެން އޭނާގެ ގައިން އެހެން މީހުންނަށް، ހަމަ އޭނާގެ ގައިން އިތުރު ފަސް މީހުންނަށް އަރާފައިވާ މީހުން. މާނައަކީ ކުރެއްދޫގައި އެހެން މީހުންގެ ގައިންގަޔަށް އެރުމުގެ ކަމެއް ދިމާވެގެން އުޅެނީކީ ނޫނޭ. ކުރެއްދޫއަށް ފުރަތަމަ އައި ފަތުރުވެރިޔާ އެއީ އެބަލިހުރި މީހެއް، އޭނާގެ ގައިން އިތުރު ފަސް މީހަކަށް މިބަލި މިވަނީ އަރާފަ. ދެން ބާކީ މިހުރި ކޭސްތައް އެއީ، ބަތަލާގެ ދެ ކޭސް، ކުރަމަތީގެ ދެ ކޭސްއާއި އަނަންތަރާ ދިގުގެ ދެ ކޭސްއާއި ސަފާރީގައި މިތިބި ދޭ ކޭސް. މިކޭސްތަކަކީ އެމީހުން ރާއްޖެއަށް އައިއިރުގަ މިބަލި ހުރި މީހުން، އިތުރު މީހެއްގެ ގަޔަށް ފެތުރިގެން ގޮސްފަކާއެއް ނެތް. އޭގެ މާނައަކީ އަޅުގަނޑުމެންނަށް މިމީހުން އައިޑެންޓިފައި ކުރުމުގެ މަސައްކަތްވެސް، މީހުން އައިސޮލޭޓްކުރުމުގެ މަސައްކަތްވެސް އިރާދަ ކުރެއްވިއްޔާ އަދި ކުރެވެމުންމިދަނީ ވަރަށް ކާމިޔާބު ގޮތަކަށޭ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު

މަބްރޫކް ވިދާޅުވީ އާދިއްތަ ދުވަހުގެ 13:00 އާހަމައަށް ކޮންޓެކްޓް ޓްރޭސިންގ ހެދިފައިތިބީ 292 މީހުންގެ ކަމަށާއި ނަމަވެސް އިތުރު ކޮންޓެކްޓް ޓްރޭސިންގ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުންދާ ކަމަށެވެ.

މިވަގުތު މޮނީޓަރިންގެ ހާލަތުގައި، އަރާފޭބުން އެއްކޮށް މެދުކަނޑާލެވިފައިވާ ރަށަކީ މީރު އައިލެންޑް ރިސޯޓް. އެހެން ހުރިހާ ރަށެއްގެ އެހުރީ އައިސޮލޭޝަންގެ މަސައްކަތްތެއް ނިމި، އައިސޮލޭޝަންގައި ތިބި ފަރާތްތައް އެކަހެރިކުރެވި، ދެން ބާކީ ހުރިރަށްތަށް މިވަނީ އާންމު ހާލަތަށް ގެނެވިފަ،
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު މަބްރޫކް އަޒީޒު

މަބްރޫކް ވިދާޅުވީ، ރާއްޖެއަށް ދަތުރުފަތުރު ކުރުން ވަގުތީގޮތުން މަޑުޖައްސާލަން އަންގާފައިވާ ގައުމުތަކުގެ ތެރޭގައި، ބަންގްލަދޭޝް، ޗައިނާ، އިރާން، ސައުތު ކޮރެއާގެ ދެ ޕްރޮވިންސެއް، އިޓަލީ، ސްޕެއިން، ޖަރުމަނުގެ ތިން ސިޓީއެއް އަދި ފްރާންސް ދެ ސިޓީއެއް ހިމެނޭ ކަމަށެވެ.

މަބްރޫކް ވިދާޅުވީ، ބަންގްލަދޭޝާ ދޭތެރޭގައި މިހާތަނަށް އަމަލު ކުރަމުންއައީ ބަންގްލަދޭޝްއިން އަންނަ ނުވަތަ ޓްރާންސިޓް ވުމަށްފަހު އަންނަ މީހެއް ވެއްޖިއްޔާ 14 ދުވަހުގެ ކަރަންޓީންގެ މުއްދަތަކަށް މަޑު ކުރުމަށްފަހުގަ ރާއްޖެ ވަދެވުން ކަމަށެވެ. ނަމަވެސް، ބަންގްލަދޭޝްގައި ތިބި ދިވެހިން ރާއްޖެއަށް ދަތުރުކުރާއިރުގަ އެމީހުންނަށް ރާއްޖެއައިސް ވަދެވޭނެ ކަމަށާއި އަދި އެމީހުން ތިބެންޖެހޭނީ 14 ދުވަހުގެ ހޯމް އައިސޮލޭޝަންގަ ކަމަށް މިހާރު ޓާސްކްފޯސްއިން ނިންމާފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް