Advertisement
ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 17:45
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭގައި ފްލައިޓްތަކެއް ޕާކް ކޮށްފައި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭގައި ފްލައިޓްތަކެއް ޕާކް ކޮށްފައި
ޓްވިޓަރ
ކޮވިޑް-19
ކޮވިޑް-19: ގަތަރުއެއާވޭސްގެ ފްލައިޓެއް މޮނިޓަރިންގެ ހާލަތަށް
މީހަކު ވަނީ އެކަހެރިކޮށްފައި
މަބްރޫކް ވިދާޅުވީ، މައުލޫމާތު ފަހުން ހާމަކުރައްވާނެ ކަމަށް
ރާއްޖެއިން ކޮވިޑް-19 އަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފައި

އާދިއްތަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ގަތަރު އެއާވޭޒްގެ ފްލައިޓަކުން ކޮވިޑް-19 އިގެ އަލާމާތްތަކެއް ހުރި މީހަކު ފެނުމާއި ގުޅިގެން އެ ފްލައިޓް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ މަބްރޫކް އަޒީޒް ވަނީ ފްލައިޓެއް މޮނީޓަރިންގެ ހާލަތަށް ގެންދެވިފައިވާކަން ''ރާއްޖެ.އެމްވީ'' އަށް ކަށަވަރު ކޮށްދެއްވާފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުން ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ މީހާ ވަނީ މިހާރު އެކަހެރި ކޮށްފައެވެ. އަލާމާތްތައް ފެނުނީ ކޮން ގައުމެއްގެ މީހެއް ކަމެއް ނުވަތަ އެމީހާގެ ވަަނަވަރެއް މަބްރޫކް ހާމައެއް ނުކުރައްވައެވެ. އޭނާ ވިދާޅުވީ، އެކަމާއި ގުޅޭގޮތުން ފަހުން މައުލޫމާތު ހާމަކުރައްވާނެ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެ އެންމެންނަކީވެސް ބިދޭސީންނެވެ. އަދި މިހާތަނަށް މި ރޯގާ އަށް އެއްވެސް ދިވެއްސަކު ޕޮޒިޓިވްއެއް ނުވެއެވެ.

މިހާތަނަށް ފެނުނު ޕޮޒިޓިވް ކޭސްތައް

ކުރެއްދޫ އައިލެންޑް ރިސޯޓް: 5

ސޭންޑީޒް ބަތަލާ: 2

Advertisement

އަނަންތަރާ ދިގު: 2

ކުރަމަތި ރިސޯޓް: 2

ވައިޓް ވޭވްސް ސަފާރީ: 2

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި މި ހާލަތު އިއުލާންކުރުމަށް ފަހު، ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި، އާންމުން އެއްވެ އުޅޭ ޕާކް ފަދަ ތަންތަން، ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފުތާއަށް ބަންދުކުރަން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ގެސްޓްހައުސްތަކަށް އަންނަ ގެސްޓުން ޗެކްއިން ވުން ހުއްޓާލަން ވެސް ވަނީ އަންގާފައެވެ. އަދި ރިސޯޓްތަކާއި ސަފާރީތަކުން އެކްސްކަރޝަންއަށް ރަށްރަށަށް ދިއުން މަނާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް