Advertisement
ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 13:19
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން
ޔޫސުފް ސޮފްވާން ރަޝީދު
ލޯކަލް ކައުންސިލް އިންތިހާބު
އިންތިހާބުގެ ވޯޓުލުން ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓަށް ހުށައަޅައިފި
އިންތިހާބު ފަސްކުރާކަށް ނުނިންމަން، ހަމައެކަނި ވޯޓުލުން ފަސްކުރަނީ: ޝަރީފް
މައްސަލަ ވައްދާފައިވަނީ ހައިކޯޓަށް، ސިޔާސީ ޕާޓީތަކުން ތަދައްހުލު ވާނެ ކަމަށް ބެލެވޭ
ވޯޓުލާނެ ތާރީހެއް ކަނޑައަޅާނީ ރާއްޖޭގެ ހާލަތަށް ބެލުމަށް ފަހު

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓުލުން މުއްދަތެއް ނެތްގޮތަށް ފަސްކުރުމުގެ އަމުރަކަށް ހައިކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

މި މައްސަލަ ހައިކޯޓަށް ހުށައެޅީ އިލެކްޝަންސް ކޮމިޝަނުންނެވެ. މިކަން އިއުލާންކުރައްވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، މި ވަގުތު ހާލަތަށް ރިއާޔަތްކޮށް އިންތިހާބުގެ ވޯޓުލުން ކުރިން ކަނޑައަޅާފައިވާ ތާރީހުގައި ކުރިއަށް ގެންދިއުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖެހިފައި އޮތް ތާރީހަކީ އެޕްރިލް މަހުގެ 4 އެވެ. ނަމަވެސް، ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިހާބު ބާއްވާ ތާރީހު އެޕްރިލް 18 އަށް ބަދަލުކޮށްފައެވެ.

Advertisement

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހައިކޯޓަށް އެ މައްސަލަ ވައްދާފައިވާއިރު، އެ މައްސަލައިގެ ތެރެއަށް ސިޔާސީ ޕާޓީތަކުން ތަދައްހުލު ވާނެ ކަމަށް ބެލެވެއެވެ. ކޮމިޝަންގެ ރައީސް ޝަރީފް ވިދާޅުވީ އިންތިހާބުގެ ވޯޓުލުން އެކަނި ފަސްކުރަން ހުށައެޅީ، މިހާރު ކޮށްފައިވާ ހަރަދުތައް އަލުން ބަލުން ނުކުރަން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް