Advertisement
ކ. މާލެ
|
15 މާރޗް 2020 | އާދީއްތަ 10:39
އަނަންތަރަ ދިގު ރިސޯޓު
އަނަންތަރަ ދިގު ރިސޯޓު
ގޫގުލް
ކޮވިޑް-19
ކޮވިޑް-19: އަނަންތަރަ ދިގު ރިސޯޓުން އަނެއްކާ ވެސް ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ
ކޮވިޑް-19 އަށް 11 މީހަކު މިވަނީ ޕޮޒިޓިވްވެފައި
މީގެ ތެރޭގައި ހިމެނެނީ ހުސް ބިދެސީން
އެ މީހާ ހުރީ ފަރުކޮޅުފުށި އައިސޮލޭޝަންގައި

އަނަންތަރަ ދިގު ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވް ވެއްޖެވެ.

ހެލްތު ޕްރޮކްޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އަނަންތަރަ ދިގު ރިސޯޓުން ކޮވިޑް-19 އަށް ޓެސްޓުކުރި ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި މިފަރާތަކީ މިވަގުތު ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީގައި ބަހައްޓާފައިވާ ފަރާތެކެވެ.

Advertisement

އަލަށް މިފެނުނު ކޭސްއާއެކު ރާއްޖެއިން މިހާރު ކޮވިޑް-19 އަށް 11 މީހަކު މިވަނީ ޕޮޒިޓިވްވެފައެވެ.

މިހާތަނަށް ފެނުނު ޕޮޒިޓިވް ކޭސްތައް

  • ކުރެއްދޫ އައިލެންޑް ރިސޯޓް: 5
  • ސޭންޑީޒް ބަތަލާ: 2
  • އަނަންތަރާ ދިގު: 2
  • ކުރަމަތި ރިސޯޓް: 2

ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ 30 ދުވަހުގެ މުއްދަތަށް ރާއްޖޭގައި އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ. އަދި މި ހާލަތު އިއުލާންކުރުމަށް ފަހު، ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި، އާންމުން އެއްވެ އުޅޭ ޕާކް ފަދަ ތަންތަން، ހޮނިހިރު ދުވަހުން ފެށިގެން ދެ ހަފުތާއަށް ބަންދުކުރަން ވަނީ ނިންމާފައެވެ.

އޭގެ އިތުރުން ގެސްޓްހައުސްތަކަށް އަންނަ ގެސްޓުން ޗެކްއިން ވުން ހުއްޓާލަން ވެސް ވަނީ އަންގާފައެވެ. އަދި ރިސޯޓްތަކާއި ސަފާރީތަކުން އެކްސްކަރޝަންއަށް ރަށްރަށަށް ދިއުން މަނާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
15 މާރޗް 2020 | އާދީއްތަ 11:47
ޓްރެއިނާރ
ކީއްވެބާ ޖިމް ތައް ބަންދުނުކުރަނީ. މީހުން ވަރަށް އެއްވާ ތަނެއް. އެކަކު ބޭނުންކުރާ މެޝިން އެންމެންވެސް ބޭނުންކުރަނީ. މޭޝިންތަކުގަ ގައިން ފައިބާ ދާތައް ވެސް އޮންނާނެ. ޖިމްތައްވެސް ބަންދުކުރަން ޖެހޭ.