ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 20:06
ފިއޮރެންޓީނާގެ ސަޕޯޓަރުން
ފިއޮރެންޓީނާގެ ސަޕޯޓަރުން
ގެޓީ އިމޭޖަސް
ކޮރޯނާވައިރަސް (ކޮވިޑް-19)
ފިއޮރެންޓީނާގެ އިތުރު ދެ ކުޅުންތެރިއަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
ފަހުން މި ވައިރަހަށް ޕޮޒިޓިވްވީ ފިއޮރެންޓީނާގެ ފޯވާޑް ޕެޓްރިކް ކުޓްރޯން އާއި ޑިފެންޑަރު ޖާމަން ޕެޒެއްލާ
މީގެ ކުރިން ވަނީ އެޓީމުގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް މި ވައިރަހަށް ޕޮޒިޓިވްވެފައި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފިއޮރެންޓީނާގެ އިތުރު ދެ ކުޅުންތެރިއަކު ޕޮޒިޓިވްވެއްޖެ އެވެ.

ފަހުން މި ވައިރަހަސް ޕޮޒިޓިވްވީ އުމުރުން 22 އަހަރުގެ ފޯވާޑް ޕެޓްރިކް ކުޓްރޯން އާއި އުމުރުން 28 އަހަރުގެ ޑިފެންޑަރު ޖާމަން ޕެޒެއްލާ އެވެ. އެ ދެ ކުޅުންތެރިންގެ އިތުރަށް ފިއޮރެންޓީނާގެ ފިޒިއޮތެރަޕިސްޓް ސްޓެފާނޯ ޑައިނެއްލީ ވެސް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ކްލަބުން ވަނީ ބުނެފައެވެ. މީގެ ކުރިން މި ވައިރަހަށް ފިއޮރެންޓިނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް ވަނީ ޕޮޒިޓިވްވެފައެވެ.

މިހާތަނަށް މި ވައިރަހަށް ފިއޮރެންޓިނާގެ ތިން ކުޅުންތެރިއަކު ޕޮޒިޓިވްވުމާއެކު، މިހާރު އެ ތިން ކުޅުންތެރިން ވަނީ އައިސޮލޭޝަނަށް ލާފައެވެ. އަދި މުޅި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކަންކަންވެސް މިހާރު ބަލަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވައިރަހަށް ޕޮޒިޓިވްވި ފިއޮރެންޓީނާގެ ކުޅުންތެރިން

ފިއޮރެންޓީނާގެ ތިން ކުޅުންތެރިއަކު ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، މީގެ ކުރިން ވަނީ ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ އާއި ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ އާއި އެޓީމުގެ އިތުރު ކުޅުންތެރިންތަކެއްވެސް މި ވައިރަހަށް ޕޮޒިޓިވްވެފައެވެ.

އިޓާލިއަން ލީގުގެ ގިނަ ކުޅުންތެރިންތަކަކަށް ކޮރޯނާވައިރަސް ޖެހުނުއިރު، ޔޫރަޕްގެ ބޮޑެތި ހުރިހާ ލީގެއްގެ މެޗުތައް ވަނީ ފަސްކޮށްފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ފްރެންޗު ލީގުގެ އިތުރުން ޖަރުމަން ލީގު ވަނީ މެދުކަނޑާލާފައެވެ. އަދި ޔޫރަޕްގެ އެންމެ ބޮޑު ކްލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައްވެސް ވަނީ މެދު ކަނޑާލާފައެވެ.

އިންގްލެންޑުން މިހާތަނަށް މި ވައިރަސް ޖެހިފައިވަނީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް