Advertisement
ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 17:31
ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި
ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި
މޯލްޑިވްސް އިންސައިޑަރ
ކޯވިޑް-19
މާލޭގެ ގެސްޓްހައުސްތަކާއި ސިޓީހޮޓެލްތަކަށް ފަތުރުވެރިން ޗެކިންވުން ހުއްޓާލުމަށް އަންގައިފި
ފަތުރުވެރިން ޗެކިންވުން ހުއްޓާލުމަށް އަންގާފައިވަނީ 14 ދުވަހުގެ މުއްދަތަށް
ޗެކިން ވެފައިތިބި ބިދޭސީ ފަތުރުވެރިންނަށް ބުކިންގެ މުއްދަތަށް ތިބެވޭނެ

މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ގެސްޓްހައުސްތަކާއި، ސިޓީ ހޮޓެލްތަކަށް ބިދޭސީ ފަތުރުވެރިން ޗެކިންވުން ހުއްޓާލުމަށް ސަރުކާރުން އަންގައިފިއެވެ.

އެޗްޕީއޭއިން ބުނީ މާލޭގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ގެސްޓްހައުސްތަކާއި، ސިޓީ ހޮޓެލްތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިން ވުން ހޮނިހިރު ދުވަހުގެ ރޭ 12:00 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް ބިދޭސީ އެއްވެސް ފަތުރުވެރިއަކު ޗެކިން ކުރުން ހުއްޓާލުމަށް އަންގާކަމަށެވެ. އަދި މިހާރު މިފަދަ ތަންތަނުގައި ޗެކިން ވެފައިތިބި ބިދޭސީ ފަތުރުވެރިންނަށް ބުކިންގެ މުއްދަތަށް ތިބުމުގައި އެއްވެސް ނެތް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

Advertisement

މިއީ ކޯވިޑް-19 އިން ރައްކައުތެރިވުމަށް އާންމު ސިއްޙަތު ރައްކައުތެރިވުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ޑިރެކްޓަރޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން އަޅާފައިވާ ފިޔަވަޅެއް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް