Advertisement
ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 15:49
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް ފުރާ ގޭޓަށް ވަންނަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް ފުރާ ގޭޓަށް ވަންނަނީ
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19
ފްރާންސް، ޖަރުމަނީ އަދި ސްޕޭން މީހުން އައުން މަނާކޮށްފި
މާލޭ ހޮޓާތަކަށް ފަތުރުވެރިން ޗެކްއިން ކުރުން މިރޭ 12 އިން ފެށިގެން މަނާވާނެ
ޗައިނާ، އިރާނުގެ އިތުރުން އިޓަލީން މީހުން އައުން ވަނީ މީގެ ކުރިން މަނާކޮށްފައިި
10 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި

ހަލުވިކަމާއި އެކު ކޮވިޑް-19 ފެތުރެމުންދާ ކަމަށްވާ ސްޕެއިނުން މީހުން ރާއްޖެއައުން މަނާކޮށްފިއެވެ.

އާދިއްތަ ދުވަހު ދަރުބާރުގޭގައި ގާއިމްކޮށްފައިވާ ނެޝަނަލް އެމެޖެންސީ ރެސްޕޮންސް ސެންޓަރު ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސްޕޭއިންގެ އެއްވެސް ސަރަހައްދަކުން މިރޭ 12 އިން ފެށިގެން ފަތުރުވެރިން އައުން މަނާކޮށްފައިވާ ކަމަށެވެ. އަދި ޖަރުމަން އަދި ފްރާންސްގެ ބައެއް ސަރަހައްދުތަކުން މީހުން ރާއްޖެ އައުން މަނާކޮށްފައިވާ ކަމަށެވެ.

Advertisement

ޔޫރަޕްގެ ތިން ގައުމަކުން ރާއްޖެ އަށް މީހުން އައުން މަނާކޮށްފައިވާއިރު، ޗައިނާ، އިޓަލީ، އިރާން އަދި ސައުތް ކޮރެޔާގެ އިތުރުން ބަންގްލަދޭޝް އިން މީހުން އައުން ވަނީ މަނާކޮށްފަ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް 10 މީހަކު ވަނީ މިހާތަނަށް ޕޮޒިޓިވްވެފަ އެވެ. މި އެެންމެންނަކީވެސް ބިދޭސީންނެވެ. ކޮވިޑް-19 އާ ގުޅިގެން މުޅި ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

އެއާއިއެކު ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދަނީ ބޮޑެތި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ހޮނިހިރު ދުވަހު 12 އިން ފެށިގެން ފަތުރުވެރިން ރިސޯޓުތަކުން ރަށްރަށަށް ގެންދިޔުމުގެ އިތުރުން މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކަށް ޗެކިންވުން ވަނީ މަނާކޮށްފައެެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
14 މާރޗް 2020 | ހޮނިހިރު 15:52
އހަހަރެން
އެންޖޯއީ ވަގު ވޯޓް