ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 12:35
އެމް7 އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
އެމް7 އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް
ޓްވިޓަރ
އެމް7
"އެމްސެވަން ފަސޭހަ-ކްރެޑިޓް" ސްކީމް ތަޢާރަފްކުރަނީ
 
އިތުރު މައުލޫމާތު ހޯއްދެވުމަށް 3029720 އަށް ގުޅުމަށް ވަނީ އެދިފައި
 
މި ސްކީމްގައި އިސްކަންދެނީ M7 ޕްރިންޓްއިން ވޭތިވެދިޔަ ތިން އަހަރު ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށް

M7 އިން "އެމްސެވަން ފަސޭހަ-ކްރެޑިޓް" ސްކީމް ތަޢާރަފްކުރަން ނިންމައިފިއެވެ.

M7 އިން ނެރެފައިވާ ބަޔާނެއްގައި ވަނީ ދުނިޔޭގެ ޤައުމުތަކުގައި ހަލުވިކަމާއި އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ދިވެހިރާއްޖެއިން ފެނިފައިވުމާއި، ބަލީގެ ނުރައްކާތެރިކަން ބޮޑުވުމުގެ ސަބަބުން ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މި ދަނޑިވަޅުގައި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިސާދަށް ބޮޑު ގެއްލުމެއް ވެގެންދާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ ކަމަށެވެ.

ފަތުރުވެރިކަމުގެ ހަރަކާތްތައް ހުއްޓުމަކަށް އައިސް، ޓްރޭޑް ފެއަރ ފަދަ ހަރަކާތްތައް ކުއްލިއަކަށް ކެންސަލްކުރަމުން ދިއުމާއި ގުޅިގެން M7 ގެ ވިޔަފާރިއަށްވެސް ވަނީ ނުހަނު ބޮޑު ހީނަރުކަމަކާއި ކުރިމަތިލާން ޖެހިފައެވެ. ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވަމުންދާ ގެއްލުން މާ ބޮޑުވާނެ ކަމަށް ދެކޭ ކަމަށެވެ.

ވިޔަފާރިއާއި އިޤްތިސާދަށް ލިބޭ ގެއްލުމަކީ ސީދާ ގޮތުންނާއި ނުސީދާގޮތުން އާންމު ފަރުދުންނާއި މުޅި ރައްޔިތުންނަށް ލިބޭ ގެއްލުމެއް ކަމަށާއި މި ދަތިވަގުތުގައިވެސް އެމްސެވަންގެ ޤާބިލްކަން ހުރި މިންވަރަކުން ވިޔަފާރިކުރައްވާ ފަރާތްތަކަށް އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި "އެމްސެވަން ފަސޭހަ-ކްރެޑިޓް" ސްކީމް ތަޢާރަފްކުރަން ނިންމާފައިވާ ކަމަށެވެ.

މި ސްކީމްގައި އިސްކަންދެވިފައިވަނީ، M7 ޕްރިންޓްއިން ވޭތިވެދިޔަ ތިން އަހަރު ވިޔަފާރި ކުރައްވާ ކަސްޓަމަރުންނަށެވެ. ނަމަވެސް ކުދި އަދި މެދުފަންތީގެ ފަރާތްތަކުން ލިބޭ ޕްރޮޕޯސަލްތަކަށް ބަލައި، އެފަރާތްތަކުގެ ވިޔަފާރި ކުރިއެރުވުމަށް ޕްރިންޓްކުރައްވާ އެންމެހާތަކެއްޗަށް "އެމްސެވަން ފަސޭހަ-ކްރެޑިޓް" ސްކީމުން އެހީތެރިކަން ލިބޭނެ ކަމަށް އެމްސެވަން އިން ބުނެއެވެ.

"އެމްސެވަން ފަސޭހަ-ކްރެޑިޓް" ސްކީމްގައި ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން އެކުންފުނީގެ ކޯޕަރޭޓް އެފެއަރޒްގެ އީމެއިލް[email protected]އަށް ލިއުއްވުމުން، މަސައްކަތު ދެ ދުވަސްތެރޭގައި އެފަރާތްތަކާއި ބައްދަލުކޮށް "އެމްސެވަން ފަސޭހަ-ކްރެޑިޓް" ގެ ކަންކަން ހަމަޖެހިފައިވާ އުސޫލުން ކުރިއަށް ގެންދެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް