Advertisement
ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 12:27
ލޯކަލް މާރުކޭޓް: ރޯދަމަހު މާލޭގައި އެންމެ ބާރުބޮޑު އެއް ސަރަހައްދު
ލޯކަލް މާރުކޭޓް: ރޯދަމަހު މާލޭގައި އެންމެ ބާރުބޮޑު އެއް ސަރަހައްދު
ޝުއައިބް މުހައްމަދު އިގްބާލް
ރޯދަމަހު، ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓް
ރޯދަމަހު ކެފޭ ރޭގަނޑު، 3:00 އަށް، ފިހާރަތައް 12:00 އާހަމައަށް ހިދުމަތް ދެވޭގޮތަށް ހަމަޖައްސައިފި
ހޮޓާ/ރެސްޓޯރަންޓް އަދި ކެފޭ ފަދަ ތަންތަން އިރުއޮއްސުމާއި ރޭގަނޑު 3:00 އާހަމައަށް ހުޅުވާފައި ބެހެއްޓޭނެ
ފިހާރަތައް ރޭގަނޑު 12:00 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

ރޯދަ މަހު ކެއުން ބުއިމުގެ ޚިދުމަތް ދޭ ތަންތަނާއި ފިހާރަތައް ހުޅުވާފަ ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން ޢާންމުކޮށްފި އެވެ.

އެ މިނިސްޓްރީން ބުނީ ރޯދަ މަހުގެ ރޭތަކާއި ޖެހިގެން އަންނަ ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ޚިދުމަތް ދޭ ތަންތަން ހުޅުވާފައި ބަހެއްޓޭނީ އެ ދުވަހެއްގެ އިރުއޮއްސުމާއި މެންދަމު 3:00 އާ ދެމެދުގެ ވަގުތުތަކުގައި ކަމަށެވެ. އެގޮތުން ފިހާރަތައް އަންނަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހުން އިން ފެށިގެން ރޯދަ މަހުގެ ރޭތަކާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު، ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 ޖަހަން ދެން ކަމަށް ވެސް މިނިސްޓްރީން ވަނީ ނިންމާފަ އެވެ.

Advertisement

ކޮންމެ ރޯދަމަހަކީ ވިޔަފާރިތަކަށް ވަރަށް ބާރުބޮޑު ދުވަސްވަރެކެވެ. އެގޮތުން ބާޒާރުމަތީ ފިހާރަތަކާއި ރޯމަސް އަދި ލޯކަލް މާރުކޭޓާއި މާލެ ތެރޭގައި ހުންނަ ފިހާރަތަކަށް ބާރު ބޮޑުވެގެންދެ އެވެ. އަދި ރޯދަ ވީއްލުމަށް ރެސްޓޯރަންޓް ކެފޭތަކަށް ދާ މީހުންވެސް ވަރަށް ގިނަ އެވެ.

ކޮންމެ ރޯދަމަހެއްގައި ސަރުކާރުން ގެންދަނީ ހޮޓާ/ރެސްޓޯރަންޓް އަދި ކެފޭ ފަދަތަންތަނާއި ފިހާރަތައް ރޭގަނޑު ހުޅުވާފައި ބެހެއްޓޭނެ ވީހާވެސް ލަސްގަޑިތަކެއް ހަމަޖައްސަމުން ނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް