Advertisement
ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 10:42
ނައިބް ރައީސް ފައިސަލް ނަސީމް
ނައިބް ރައީސް ފައިސަލް ނަސީމް
ރައީސް އޮފީސް
ނައިބް ރައީސް ފައިސަލް
ކޮވިޑް-19: މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ނައިބް ރައީސް ގޮވާލައްވައިފި
އާއްމު ސާފުތާހިރުކަމަށް އިސްކަންދޭންޖެހޭ
ކަމާ ބެހޭ އިދާރާތަކުންދޭ އިރުޝާދުތައް އަޑުއަހައި އެއަށް އަމަލުކުރަންޖެހޭ
ކޮވިޑް-19 އިން ރައްކާތެރިވުމަށް ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުން

ކޮވިޑް-19 އިން ރައްކާތެރިވުމަށް މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފިއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރާކަން ފާހަގަކުރައްވައި ނައިބު ރައީސް ފައިސަލް ވިދާޅުވީ ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް ޢާންމު ސާފުތާހިރުކަމަށް އިސްކަންދޭންޖެހޭ ކަމަށެވެ.

Advertisement

އެގޮތުން ގިނަގިނައިން އަތްދޮވެ، މީހުން އެއްވާ ތަންތަނަށް ނުދިއުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ނައިބު ރައީސް ފައިސަލް ވިދާޅުވީ މިދަނޑިވަޅުގައި ކަމާ ބެހޭ އިދާރާތަކުންދޭ އިރުޝާދުތައް އަޑުއަހާ އެއަށް ޢަމަލުކުރަންޖެހޭ ކަމަށެވެ.

މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ނައިބު ރައީސް ގޮވާލައްވާފައިވާއިރު، ދިވެހި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އިތުރަށް މި ބަލި ފެތުރުނަނުދީ ރައްކާތެރިކުރެވޭނެ ދުވަހެއް ހޯދުމަށްޓަކައި ކަމަށް ސަރުކާރުން އެކުލަވާލާފައިވާ ކޮވިޑް-19 ގެ ޓާސްކްފޯސްގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ވިދާޅުވެފައެވެ. ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާ އަދާ ކޮށް ތެދުވެރިވުމަށް ގޮވާލެއްވިއެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް-19 އަށް 09 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއެންމެންނަކީ ބިދޭސީންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް