ކ. މާލެ
|
14 މާރޗް 2020 | ހޮނިހިރު 01:48
ފިއޮރެންޓީނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް
ފިއޮރެންޓީނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް
ގެޓީ އިމޭޖަސް
ކޮރޯނާވައިރަސް (ކޮވިޑް-19)
ފިއޮރެންޓީނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ
ޑޫޝަންގެ އިތުރުން ސަމްޕްޑޯރިއާގެ އިތުރު ކުޅުންތެރިންތަކެއް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައި

މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ފިއޮރެންޓީނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް ޕޮޒިޓިވްވެއްޖެ އެވެ.

އުމުރުން 20 އަހަރުގެ ޑޫޝަން ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އެޓީމުން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓުތައް ބުނާގޮތުން ޑޫޝަން މި ވައިރަހަށް ޕޮޒިޓިވްވުމާއެކު، މިހާރު އޭނާ ވަނީ އައިސޮލޭޝަނަށް ލާފައެވެ. އަދި މުޅި ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކަންކަންވެސް މިހާރު ބަލަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފިއޮރެންޓީނާގެ ފޯވާޑް ޑޫޝަން ވްލާހޮވިޗް ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވިއިރު، މީގެ ކުރިން ވަނީ ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ އާއި ސަމްޕްޑޯރިއާގެ ފޯވާޑް މަނޯލޯ ގަބިއަޑިނީ ވެސް ވަނީ މި ވައިރަހަށް ޕޮޒިޓިވްވެފައެވެ. އަދި ހުކުރު ދުވަހުގެ ވަގުތެއްގައި ސަމްޕްޑޯރިއާއިން ވަނީ އެޓީމުގެ އިތުރު ކުޅުންތެރިންތަކެއްވެސް މި ވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޮން ކުޅުންތެރިންނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އިޓާލިއަން ލީގުގެ ގިނަ ކުޅުންތެރިންތަކަކަށް ކޮރޯނާވައިރަސް ޖެހުނުއިރު، ޔޫރަޕްގެ ބޮޑެތި ހުރިހާ ލީގެއްގެ މެޗުތައް ވަނީ ފަސްކޮށްފައެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ފްރެންޗު ލީގުގެ އިތުރުން ޖަރުމަން ލީގު ވަނީ މެދުކަނޑާލާފައެވެ. އަދި ޔޫރަޕްގެ އެންމެ ބޮޑު ކްލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައްވެސް ވަނީ މެދު ކަނޑާލާފައެވެ.

އިންގްލެންޑުން މިހާތަނަށް މި ވައިރަސް ޖެހިފައިވަނީ އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ އާއި ޗެލްސީގެ ޒުވާން ފޯވާޑް ކަލުމް ހަޑްސަން-އޮޑޯއި އަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
- ކޮމެންޓް