ކ. މާލެ
|
13 މާރޗް 2020 | ހުކުރު 23:39
ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް
ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް
ރާއްޖެއެމްވީ
ފެހެންދޫ
ފެހެންދޫ ވަނީ މޮނީޓަރިންގްގެ ހާލަތަށް ގެނެވިފައި: މަބްރޫކް
ބިދޭސީ ޓުއަރިސްޓެއްގެ ގައިން ޝައްކުކުރެވޭ އަލާމާތްތައް ވަނީ ފެނިފައި
ކޮންޓެކްޓް ޓްރޭސިންގް އާއި ސާމްޕްލިންގްގެ މަސައްކަތް ކުރުމަށް ޓީމެއް ދަނީ ދަތުރުކުރަމުން

ބ. ފެހެންދޫގެ ގެސްޓްހައުސްއަކަށް އައި ބިދޭސީ ޓުއަރިސްޓެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާކަމަށް ކޮވިޑް-19ގެ ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ އެންމެފަހުގެ މައުލޫމާތު ހިއްސާކުރުމަށް ހުކުރު ދުވަހުގެރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ފެހެންދޫގެ ގެސްޓްހައުސްއަކަށް އައި ބިދޭސީ ޓުއަރިސްޓެއްގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމުން ފެހެންދޫ މޮނީޓަރިނގްގެ ހާލަތަށް ގެނެސްފައިކަމަށެވެ. މަބްރޫކް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގް އާއި ސާމްޕްލިންގްގެ މަސައްކަތް ކުރުމަށް ޓީމެއް މިހާރު ފެހެންދޫއަށް ދަތުރުކުރަމުންދާ ކަމަށެވެ.

ބޭރުގެ ގައުމުތަކުން ރާއްޖެއަށް ކްރޫޒުލައިނަރތައް ދަތުރުކުރުން ހުއްޓިފައިވާކަން ފާހަގަކުރައްވައި މަބްރޫކް ވިދާޅުވީ ކްރޫޒްލައިނާތައް ރާއްޖެއައުން ހުއްޓުވާލީ ބޭރުގެ ގައުމުތަކުން ގިނަ މީހުން އަންނާތީ ރައްކާތެރިކަމުގެގޮތުން އެޅި ފިޔަވަޅެއް ކަމަށެވެ. މީގެއިތުރުން މަބްރޫކް ވިދާޅުވީ ހުކުރު ދުވަހު މާލެއަށް ޔޮޓެއް ކައިރި ކުރި މައްސަލަ އާންމުން ފެންމަތިކުރި ނަމަވެސް އެޔޮޓްގައި ތިބި މީހުން މާލެއަށް ނުފާބާ ކަމަށެވެ.

މާލެއަށް މިއަދު ކައިރިކުރި ޔޮޓެއްގެ ކޭސްއަކާ ހެދި މިވާހަކަ ވާހަކައަކަށްވަނީ. އެޔޮޓްގެ މީހުންނެއް މާލެއަކަށް ނުފާބާ. ޕޮލިހުން ވަނީ އެކަމަށް އެޓެންޑްވެފައި.
ޓާސްކްފޯސްގެ ތަރުޖަމާން މަބްރޫކް އަޒީޒް

ހުކުރު ދުވަހުގެ ނިޔަލަށް ރާއްޖެއިން 09 މީހެއް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު، ކަރަންޓީން ފެސިލިޓީޒްގައި 17 މީހަކު އަދި އައިސޮލޭޝަންގައި 09 މީހަކު އެބަތިބި ކަމަށެވެ. އަދި ދަރުމަވަންތަ ހޮސްޕިޓަލުގައި ކޮވިޑް-19އަށް ޕޮޓިވްވި ދެމީހަކަށް ދަނީ ފަރުވާދެމުންނެވެ.

- ކޮމެންޓް