Advertisement
ކ. މާލެ
|
13 މާރޗް 2020 | ހުކުރު 19:05
ފެނަކައިގަ މަސައްކަތް ކުރާ މުއައްޒަފުންތަކެއް
ފެނަކައިގަ މަސައްކަތް ކުރާ މުއައްޒަފުންތަކެއް
ޝުއައިބް މުހައްމަދު އިގްބާލް
ފެނަކަ
ކޮވިޑް-19: މާބަނޑު މުއައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ: ފެނަކަ
ކޮންމެ ދުވަހެއްގެ މަސައްކަތް ކީރިތި ޤުރުއާންގެ ބަރަކާތުން ފެށުމަށް ވަނީ ނިންމާފައި
ޚާއްސަ ދުއާ ކުރުމަށް ވެސް ވަނީ ނިންމާފައި
އާންމުން އެއްވެ އުޅޭތަންތަނަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފައި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މާބަނޑު މުއައްޒަފުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.

ރާއްޖޭއިން މިހާތަނަށް ކޮވިޑް-19 އަށް ނުވަ މީހަކު ޕޮޒިޓިވްފައިވާއިރު، މިމަހުގެ 12 ވަނަ ދުވަހު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފައެވެ. އެހެންކަމުން ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވަނީ މުއައްޒަފުންގެ ރައްކާތެރިކަމަށްޓަކައި އެކުންފުނީގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތަށް ބަދަލުތަކެއް ގެންނަވާފައެވެ.

Advertisement

ފެނަކައިން ކޮށްފައިވާ ޓުވީޓުގައި ބުނެފައިވަނީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކަލުން ދިވެހި ރައްޔިތުން އަދި ޚާއްސަކޮށް ފެނަކައިގެ މުއައްޒަފުންގެ ރައްކާތެރިކަމަށްޓަކައި މިމަހުގެ 15 އިން ފެށިގެން ކޮންމެ ދުވަހެއްގެ މަސައްކަތް ކީރިތި ޤުރުއާންގެ ބަރަކާތުން އަދި ބަލި މަޑުކަމުން ދިންނެވުމަށް އެދި ކުރާ ދުއާއަކުން ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިވަގުތު ފެނަކައިގެ ތިބި މާބަނޑު އަންހެން މުއައްޒަފުންނަށް ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައިވާ ކަމަށެވެ.

ކޮވިޑް-19 ހަލުހިމިނެއްގައި ފެތުރެމުންދާއިރު، އާންމުން އެއްވެ އުޅޭތަންތަނަށް ނުދިއުމަށް ސިއްހީ މާހިރުން ދަނީ އިލްތިމާސްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް