Advertisement
ކ. މާލެ
|
13 މާރޗް 2020 | ހުކުރު 18:39
އިންޑިއާގެ މެޑިކަލް ޓީމު ރާއްޖޭގައި
އިންޑިއާގެ މެޑިކަލް ޓީމު ރާއްޖޭގައި
ޓްވިޓަރ
ކޮވިޑް-19/ އިންޑިއާގެ މެޑިކަލް ޓީމު
އިންޑިއާގެ މެޑިކަލް ޓީމް ރާއްޖެ އަތުވެއްޖެ
އިންޑިއާގެ މެޑިކަލް ޓީމުގައި 14 ބޭފުޅުން ހިމެނޭ
މި ޓީމުގައި ތަފާތު އެކި ބަލިތަކަށް ފަރުވާ ދޭ ސްޕެޝަލިސްޓު ޑޮކްޓަރުން ވެސް ހިމެނޭނެ
އެހެން ގައުމުތަކަށް ދޫކުރުން މަޑޫޖައްސާލާފައިވާ ބޭސްތައް ރާއްޖެއަށް ދޫކުރުމަށްވެސް އިންޑިއާއިން ވަނީ ނިންމާފަ

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ރާއްޖެއިން ވެސް ފެނިފައިވުމާއި ގުޅިގެން އިންޑިއާ ސަރުކާރުން ރާއްޖެ އަށް އެހީވުމުގެ ގޮތުން ފޮނުވި މެޑިކަލް ޓީމު ރާއްޖެ އަތުވެއްޖެއެވެ.

އިންޑިއާ އިން ރާއްޖެ ފޮނުވި މެޑިކަލް ޓީމުގައި 14 މެމްބަރުން ހިމެނެއެވެ.

Advertisement

އިންޑިއާ ހައި ކޮމިޝަނުން ބުނީ މި ޓީމުގައި ތަފާތު އެކި ބަލިތަކަށް ފަރުވާ ދޭ ސްޕެޝަލިސްޓު ޑޮކްޓަރުން ވެސް ހިމެނޭނެ ކަމަށެވެ. އެގޮތުން ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުންގެ އިިތުރުން ފިޒީޝަނުން އަދި ލެބްޓްރީ ޓެކްނީޝަނުންގެ ހިމޭނެ ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

އިންޑިއާ އިން ވަނީ އެހެން ގައުމުތަކަށް އެގައުމުން ދޫކުރަމުންދިޔަ ބައެއް ބޭސްތައް ބޭރުކުރުން މަޑުޖައްސާލާފަ އެވެ. ނަމަވެސް ރާއްޖެއަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމަށް އިންޑިއާއިން ވަނީ ނިންމާފަ އެވެ. އެ ބޭސްތަކަކީ ކޮވިޑް19 އަށް ފަރުވާ ދިނުމަށް ބޭނުންކުރާ ބޭސްތަކެކެވެ. އެގޮތުން ތިން މަސްދުވަހަށް ވާވަރަށް އިންޑިއާ އިން ރާއްޖެ އަށް ބޭސް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން މިހާތަނަށް 9 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ސަރުކާރުން ބުރާސްފަތި ދުވަހު ވަނީ ރާއްޖޭގައި 30 ދުވަހަށް އާންމު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް