Advertisement
ކ. މާލެ
|
13 މާރޗް 2020 | ހުކުރު 10:17
ސޫރިއަވަންޝީގެ ޕޯސްޓަރު
ސޫރިއަވަންޝީގެ ޕޯސްޓަރު
ހިންދުސްތާނީ ޓައިމްސް
ބޮލީވުޑް
ކޮވިޑް-19: ވައިރަސްއާ ގުޅިގެން ސޫރިޔަވަންޝީ ރިލީޒް ކުރުން ފަސްކޮށްފި
ފިލްމް ރިލީޒްކުރުން ފަސްކުރިކަން ހާމަކޮށްފައިވަނީ ބުރާސްފަތި ދުވަހު
ފިލްމް ރިލީޒް ކުރާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ
ދިއްލީގެ ތިއޭޓަރުތައް ވަނީ 31 މާރޗްއާ ހަމައަށް ބަންދުކޮށްފައި

ކޮވިޑް -19 އާ ގުޅިގެން އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ލީޑް ރޯލުން ފެނިގެންދާ ފިލްމު "ސޫރިޔަވަންޝީ" ރިލީޒް ކުރުން ފަސްކޮށްފިއެވެ.

ފިލްމު ރިލީޒްކުރުން ފަސްކުރިކަން ފިލްމުގެ ޑައިރެކްޓަރ ރޯހިތު ޝެޓީ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހާމަކޮށްފައެވެ.

ސޯޝަލް މީޑިއާގައި ރޯހިތު ޝެޓީ ޢާންމުކޮށްފައިވާ ބަޔާނުގައި ވަނީ މި ފިލްމުގެ މަސައްކަތް ކުރަމުންދާތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި މި ފިލްމު އުފެއްދުމަށްޓަކައި ބުރަ މަސައްކަތް ކޮށްފައިވާ ކަމަށެވެ.

Advertisement

އަދި މި ފިލްމުގެ ޓްރެއިލާ ބެލުމަށްފަހު ލިބުނު ތަރުޙީބަށް ބަލާފައި މި ފިލްމު އޯޑިއަންސް ބަލއިގަންނާނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށް އޭނާ ބުނެއެވެ.

ކޮވިޑް-19 އާ ގުޅިގެން ފިލްމު ރިލީޒްކުރުން ފަސްކުރުމަށް ނިންމާފައިވާ ކަމަށާއި ފިލްމު ރިލީޒް ކުރާނެ ދުވަހެއް ފަހުން އިޢުލާން ކުރާނެ ކަމަށް ވަނީ ބުނެފައެވެ. އަދި އޯޑިއަންސަށް ފުރިހަމަ ސިއްޙަތަކައް ވެސް ވަނީ އެދިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ތިއޭޓަރުތައް ވަނީ މިހިނގާ މާރޗު މަހުގެ 31 އާ ހަމައަށް ބަންދުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް