Advertisement
ކ. މާލެ
|
13 މާރޗް 2020 | ހުކުރު 07:13
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް
ރޮއިޓަރސް
ކޮވިޑް-19
ކޮވިޑް-19:ވައިރަސް ޖެހިފައިވާ ބްރެޒިލްގެ އޮފިޝަލަކާ ޓްރަމްޕް 'ކްލޯސް ކޮންޓެކްޓް'ވި: ސީއެންއެން
ނަމަވެސް ވައިޓް ހައުސް އިން ބުނީ އެއްވެސް ވަރަކަށް އިންޓަރެކްޓްކޮށްފައި ނުވާކަމަށް

ކޮވިޑް-19 ޖެހިފައިވާ ބްރެޒިލްގެ އޮފިޝަލަކާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް 'ކްލޯސް ކޮންޓެކްޓް'ވި ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ބޭރުގެ މީޑިއާއެއް ކަމަށްވާ ސީއެންއެން އިން ރިޕޯޓު ކުރާ ގޮތުގައި ޓްރަމްޕް ހުންނެވީ ވައިރަށް ޕޮސިޓިވްވެފައިވާ ބްރެޒިލްގެ ރައީސްގެ ޕްރެސް ސެކްރެޓަރީއާއި ވަރަށް ގާތުގައެވެ.

Advertisement

ފްލޮރިޑާގައި ހުންނަ މާރ އަ ލާގޯ ރިސޯޓުގައި ބޭއްވި 'ޑިނަރ' އެއްގައި ބްރެޒިލްގެ ރައީސްގެ ޕްރެސް ސެކްރެޓަރީ ވަނީ ބައިވެރިވެފައެވެ. އަދި އެދެމީހުން އެކުގައި ފޮޓޮއެއް ނަގާފައިވާ ކަމަށްވެސް ރިޕޯޓުތަކުން ބުނެއެވެ.

ނަމަވެސް ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ބުރާސްފަތި ދުވަހު ނެރުނު ސްޓޭޓްމެންޓެއްގައި ބުނެފައިވަނީ އެމެރިކާގެ ރައީސް ޓްރަމްޕާއި އެމެރިކާގެ ނައިބު ރައީސް، ވައިރަސް އަށް ޕޮސިޓިވް ވި އެއްވެސް ފަރާތަކާއި 'އިންޓަރެކްޓް' ކޮށްފައި ނުވާކަމަށެވެ. އަދި ވައިޓް ހައުސްގެ މުވައްޒަފުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވައިޓް ހައުސް މެޑިކަލް ޔުނިޓާއި، ޔުނައިޓެޑް ސްޓޭޓްސް ސީކްރެޓް ސަރވިސް އިން ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް