Advertisement
ކ. މާލެ
|
13 މާރޗް 2020 | ހުކުރު 07:21
ކޮވިޑް-19
ކޮވިޑް-19
ގޫގުލް
ކޮވިޑް-19
ކޮވިޑް-19: ވައިރަސްގައި ޖެހިގެން ފުރަތަމަ ފަހަރަށް އިންޑިއާއިން މީހަކު މަރުވެއްޖެ
އެމީހާ މަސް ދުވަސް ސައުދީގައި ހޭދަ ކުރި

އިންޑިއާއިން ކޮވިޑް-19 ޖެހިގެން ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެއެވެ.

76 އަހަރުގެ މިމީހާއަކީ މިވައިރަސް ޖެހިގެން އެޤައުމުން މަރުވި ފުރަތަމަ މީހާއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓު ކުރާ ގޮތުގައި އެމީހާ މަސް ދުވަސް ސައުދީގައި ހޭދަ ކުރިއެވެ. އަދި އޭނާ އިންޑިއާއަށް އެނބުރި އައިސްފައިވަނީ ފެބްރުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.

Advertisement

އެމީހާ އެނބުރި ޤައުމަށް އައި އިރު އެއަރޕޯޓުން ސްކްރީން ކުރެވުނު ކަމަށާއި، ނަމަވެސް އޭރު ބަލީގެ އަލާމާތެއް ނެތް ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ނަމަވެސް ފަހުން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރުމާއެކު އޭނާ ޓެސްޓު ކުރެވުނުއިރު ނަތީޖާ ވަނީ ޕޮސިޓިވް ވެފައެވެ. އަދި "ކޮންޓެކްޓް ޓްރޭސިންގ" އިން ފާހަގަ ކުރެވުނު މީހުން ޓެސްޓު ކުރަމުންދާ ކަމަށް ވެސް އެޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއާ ޙަވާލާދީ ޚަބަރުތަކުގައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް