Advertisement
ކ. މާލެ
|
13 މާރޗް 2020 | ހުކުރު 03:24
މާލެ ސިޓީ
މާލެ ސިޓީ
ރާއްޖެ އެމްވީ
ކޮވިޑް-19
އެކްސްކަރޝަންގެ ގޮތުގައި އެއްވެސް ތަނަކުން މާލެ ސަރަހައްދަށް މީހުން އައުން މަނާކޮށްފި
މަނާކޮށްފައިވަނީ މިހާރުން ފެށިގެން 10 ދުވަހުގެ މުއްދަތަށް

އެކްސްކަރޝަންގެ ގޮތުގައި އެއްވެސް ތަނަކުން މާލެ ސަރަހައްދަށް މީހުން އައުން މަނާކޮށްފިއެވެ.

އެކްސްކަރޝަންގެ ގޮތުގައި އެއްވެސް ތަނަކުން މާލެ ސަރަހައްދަށް މީހުން އައުން މަނާކުރީ ކޮރޯނާވައިރަސް (ކޮވިޑް-19) އިން ރައްކާތެރިކުރުމުގެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ރ) ގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ޤާނޫނީ ބާރުގެ ތެރެއިން އެޅި ފިޔަވަޅެއް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

Advertisement

އެޗްޕީއޭ އިން ވަނީ އެކްސްކަރޝަންގެ ގޮތުގައި ރިސޯޓުތަކުން، ސަފާރީތަކުން، އަދި ގެސްޓްހައުސްތަކުން މާލެ، ހުޅުމާލެ، އަދި ވިލިމާލެ މީހުން އައުމާއި ދިޔުން މިހާރުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ހުއްޓާލުމަށް އަންގާފައެވެ. އަދި މިކަމާ ގުޅިގެން ކަމާބެހޭ އިދާރާތަކާއި ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީތައް އޮޕަރޭޓްކުރާ ފަރާތްތަކާއި އެކްސްކަރޝަންތައް ރާވައި ހިންގާ އެހެނިހެން ފަރާތްތަކުން މި އެންގުމަށް ޢަމަލުކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ވަނީ ކޯވިޑް-19 ރޯގާއާ ގުޅިގެން، މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކަރޝަންއަށް ދިއުމާއި، މީހުން ދިރިއުޅޭ ރަށްރަށުން ފަތުރުވެރިން ރިސޯޓްތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް އެކްސްކަރޝަންއަށް ދިއުން ވެސް މިހާރުން ފެށިގެން ހުއްޓާލުމަށް އަންގާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް