Advertisement
ކ. މާލެ
|
13 މާރޗް 2020 | ހުކުރު 03:23
ރާއްޖެ ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ އެމެޖެންސީ ޑްރިލްއެއްގެ ތެރެއިން
ރާއްޖެ ކޮވިޑް-19 އަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށް ގެންދިޔަ އެމެޖެންސީ ޑްރިލްއެއްގެ ތެރެއިން
ހެލްތު މިނިސްޓްރީ
ކޮވިޑް-19
ކޮވިޑް-19: އަނަންތަރާ އިން ވައިރަހަށް ޝައްކުކުރެވޭ މީހަކު ޓެސްޓު ކުރަނީ
އެކަހެރިކޮށްފައިވަނީ ބިދޭސީއެއް

އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިގެން އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ބިދޭސީއެއް އެކަހެރި ކޮށްފައިވާ ކަމަށެވެ.

Advertisement

އަދި އެމީހާގެ ސާމްޕަލް ނަގާ ޓެސްޓްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ޓެސްޓުގެ ނަތީޖާ ލިބެންދެން އެ މީހާ ރިސޯޓުގައި އެކަހެރި ކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ވައިރަހަށް ޝައްކުކުރެވޭ މީހަކު ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވި 2 ބިދޭސީއެއް ސިކްސް ސެންސަސްގައި އައިސޮލޭޓްކޮށް މޮނިޓަރކުރަން ވެސް ވަނީ ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް