Advertisement
ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 21:57
އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް
އިސްކަންދަރު ސްކޫލުގެ ދަރިވަރުންތަކެއް
ޔޫސުފް ސޮފްވާން ރަޝީދު
އެޑްކިޔުކޭޝަން މިނިސްޓްރީ
ދަރިވަރުންނަށް ޔޫޓިއުބްފަދަ ވަސީލަތްތަކުން ފިލާވަޅުތައް ހޯދައިދިނުމުގެ މަސައްކަތް ދަނީ ކުރަމުން: އެޑިޔުކޭޝަން
ސްކޫލުތަކުގައި ކިޔަވައިދިނުންވަނީ ވަގުތީ ގޮތުން ވަނީ މެދުކަނޑާލެވިފައި
ޕީއެސްއެމްގެ ޗެނެލަކުން ވެސް ފިލާވަޅު ފޯރުކޮށްދެވޭނެ
އިންޓަރެކްޓިވް ސެޝަންތައް ކުރިއަށް ގެންދެވޭނީ ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށް

ކޮވިޑް-19 އާ ގުޅިގެން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލާފައިވާތީ ޕީއެސްއެމްގެ ޗެނެލަކުންނާއި ޔޫޓިއުބްފަދަ ވަސީލަތްތަކުން ދަރިވަރުންނަށް ފިލާވަޅުތައް ހޯދައިދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 15 މާރިޗު 2020 އިން 19 މާރިޗް 2020 އަށް ސްކޫލުތަކުގައި ކިޔަވައިދިނުން ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި މުއްދަތުގައި އެއްވެސް ދަރިވަރަކު ސްކޫލަށް ހާޒިރެއް ނުވާނެ ކަމަށާއި، އަދި މި މުއްދަތުގައި ދަރިވަރުންނަށް ފިލާވަޅުތައް ލިބޭނެ ގޮތް އިންތިޒާމުކުރަމުންދާ ކަމަށެވެ. އަދި ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވޭނީ ޕީއެސްއެމްގެ ޗެނެލަކުންނާއި ޔޫޓިއުބްފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އިންޓަރެކްޓިވް ސެޝަންތައް ކުރިއަށް ގެންދެވޭނީ އެޑިޔުޕޭޖް އާއި ގޫގުލް ކްލާސްރޫމާއި ޓެޑް-އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށް ކަމަށާއި، އިތުރު ރިސޯސްތައް އެކަމަށް ޚާއްސަކުރެވިފައިވާ ވެބްޕޯރޓަލް އާއި ގޫގުލް ޑްރައިވް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށެވެ.

Advertisement

މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މިހާރު ހުރިހާ ގްރޭޑްތަކެއްގެ ފިލާވަޅުތައް މަތީގައި ވަސީލަތްތައް މެދުވެރިކޮށް ފޯރު ކޮށްދިނުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އެގޮތުން 2020 ވަނަ އަހަރު ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުންނާއި އޭލެވަލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ފިލާވަޅުތައް 15 މާރިޗް އިން ފެށިގެން ވަސީލަތްތައް މެދުވެރިކޮށް ފޯރުކޮށްދޭނެ ކަމަށެވެ. އަދި އެހެނިހެން ގްރޭޑް ތަކުގެ ފިލާވަޅުތައް ތައްޔާރުކުރުމުގެ މަސައްކަތްކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލަން ޖެހުނު ކަމުގައިވިޔަސް މިނިސްޓްރީންގެ އުއްމީދަކީ ދަރިވަރުންގެ ކިޔެވުން މެދު ނުކެނޑި ކުރިއަށް ގެންދިއުން ކަމަށެވެ. މިނިސްޓްރީން ވަނީ ހުރިހާ ފަރާތްތަކަށް ގިނަގިނައިން އަތް ދޮވުމާއި ބަލިން ރައްކާވެ ތިބުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް