Advertisement
ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 17:15
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް އޮފީސް
ކޮވިޑް-19
ތަރައްގީގެ މަޝްރޫޢުތައް މިހާރުވެސް ރޭވިފައިހުރިގޮތަށް ކުރިއަށްދާނެ: ރައީސް ސޯލިހު
ސަރުކާރުން ކުރާ ދަތުރުތަކާއި މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި އެފަދަ ޚަރަދުތައް ކުޑަކޮށްފިން
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް އެބަ މަސައްކަތްކުރަން
ތަރައްޤީގެ މަޝްރޫޢުތައް މިހާރުވެސް ރޭވިފައި ހުރި ގޮތަށް ކުރިއަށް ދާނެ

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް19 ރާއްޖެއިން ފެނުނު ކަމުގައިވިޔަސް، ތަރައްޤީގެ މަޝްރޫޢުތައް މިހާރުވެސް ރޭވިފައި ހުރި ގޮތަށް ކުރިއަށް ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ބަލިމަޑުކަން ރާއްޖެއިން ފެނުމާއި ގުޅިގެން ރައްޔިތުންނާއި މުހާތަބްކޮށް ދެއްވި ހިތާބްގައި ރައީސް ސޯލިހު ވިދާޅުވީ، ކޯވިޑް19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައި ވިޔަސް، ސަރުކާރުން ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްޤީގެ އެއްވެސް މަޝްރޫޢެއް މެދުކަނޑާނުލައި ކުރިއަށް ގެންދަން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން، ތަރައްޤީގެ މަޝްރޫޢުތައް މިހާރުވެސް ރޭވިފައި ހުރި ގޮތަށް ކުރިއަށް ދާނެކަމަށާއި ނަމަވެސް ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ސަރުކާރުން މިހާރު ފަށާފައިވަކަމަށެވެ.

Advertisement

ސަރުކާރުން ހިންގާ ޕީ.އެސް.އައި.ޕީގައި ނުހިމެނޭ ޚަރަދުތައް ކުޑަކުރަން ނިންމާފައިވާކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުން ކުރާ ދަތުރުތަކާއި މުއައްސަސާތަކުން ކުރަންޖެހޭ މަރާމާތާއި އެފަދަ ޚަރަދުތައްވެސް މިވަގުތަށް ކުޑަކޮށްފައިވާނެކަމަށެވެ.

މީގެއިތުރުން، ވިޔަފާރިތަކަށް، ޚާއްޞަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތެއް ހޯދުމަށް، ރާއްޖޭގައި ހިންގާ ބޭންކްތަކާ އެކު މަރުކަޒީ ބޭންކު އެމް.އެމް.އޭ އިން މަސައްކަތް ކުރަމުން އަންނަކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. އަދި ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށާއި އެކަމުގައި އެކުވެރި ޤައުމުތަކުންނާއި މާލީ އިދާރާތަކުން ވަނީ ފެހި ސިގްނަލް ލިބިފައިވާކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
12 މާރޗް 2020 | ބުރާސްފަތި 17:17
ކުއްލި
ސިއްހީ ކުއްލި ނުރައްކާ އިއުލާނު ކުރީމަވެސް ކޮލެޖްތައް ބަންދު ނުކުރޭ