Advertisement
ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 16:51
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޤައުމާ މުހާތަބު ކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޤައުމާ މުހާތަބު ކުރެއްވުން
ރައީސް އޮފީސް
ކޮވިޑް-19
ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން ގަސްދު ނުކުރަން: ރައީސް ސޯލިހު
ސަރުކާރުން ހިންގާ ޕީއެސްއައިޕީގައި ނުހިމެނޭ ހަރަދުތައް ކުޑަކުރަން މިހާރު ވަނީ ނިންމާފައި: ރައީސް
ހިލޭ އެހީ ލިބޭނެ ކަމުގެ ފެހި ސިގްނަލް ވަނީ ލިބިފައި
އަމާޒަކީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުން: ރައީސް ސޯލިހު

ކޮވިޑް-19 ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތް ކަމުގައި ވިޔަސް، ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން ގަސްތު ނުކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ބުރާސްފަތި ދުވަހު ގައުމާ މުހާތަބުކުރައްވާ ރައީސް ސޯލިހު ވަނީ ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަކުރަން ގަސްދުނުކުރާކަން ފާހަގަ ކުރައްވާފައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ މިއަހަރުގެ ތެރޭގައި އިގްތިސާދަށް ބޮޑު ހީނަރުކަމެއް އަންނާނެކަން ފާހަގަކުރައްވާފައެވެ.

Advertisement

އެމަނިކުފާނު ވިދާޅުވީ، އޭގެ އިތުރުން ވިޔަފާރިތަކަށް، ހާއްސަކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް، ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދެވޭނެ ގޮތްތައް ހޯދުމަށް ރާއްޖޭގައި ހިންގާ ބޭންކްތަކާ އެކު މަރުކަޒީ އެމްއެމްއޭއިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި އޭގެ އިތުރުން ރާއްޖޭން ބޭރުން ލޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެކަމުގައިވެސް އެކުވެރި ގައުމުތަކުންނާއި މާލީ އިދާރާތަކުން ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ 8 ކޭސް އެއް ފެނިފައިވާއިރު، ވިސްނުންތެރިކަމާއި ޙިކްމަތްތެރިކަމާ އެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ރައީސް ސޯލިހު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކޮވިޑް-19 އިން ސަލާމަތްވުމަށް، ސަރުކާރުން ކުރަމުން މިއަންނަ މަސައްކަތުގައި ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަން ރައީސްގެ ހިތާބުގައި ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް