Advertisement
ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 12:05
އެމްއެންޔޫ
އެމްއެންޔޫ
ވަން އޮންލައިން
ކޮވިޑް-19
ޔުނިވަރސިޓީ ބަންދުކުރާނީ ސަރުކާރުން އެކަމަށް އިރުޝާދު ދިނުމުން
އެމްއެންޔޫއިން ވަނީ ކޮވިޑް-19 ގެ ހާލަތު ބެލުމަށް ޓާސްކް ފޯރސް އެއް ހަދައިފަ

މިހާރު ރާއްޖޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ސްކޫލުތައް އެއް ހަފުތާއަށް ބަންދުކޮށްފައިވީ ނަމަވެސް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ބަންދު ނުކުރާނެ ކަމަށް އެމްއެންޔޫގެ ޗާންސެލަރ ޑރ. ހަސަން ހަމީދު ވިދާޅުވެއްޖެ އެވެ.

Advertisement

ހަސަން ހަމީދުގެ ޓުވިޓަރ ގައި އެމަނިކުފާނު ވިދާޅުވީ އެމްއެންޔޫ ބަންދުކުރާނީ ސަރުކާރާއި، ކަމުގެ މާހިރުން އެކަމަށް އިރުޝާދު ދިނުމުން ކަމަށާއި، ކޮވިޑް-19 ގެ ކަންކަން އެމްއެންޔޫއިން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

އެމްއެންޔޫއިން ވަނީ ކޮވިޑް-19 ގެ ޙާލަތު ބެލުމަށް ޚާއްޞަ ޓާސްކް ފޯރސް އެއް ވެސް އެކުލަވާލާފައެވެ.

ކޮވިޑް-19 އަށް ރާއްޖެއިން 8 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރެއިން ސޭންޑީޒް ބަތަލާ ރިސޯޓުން ބައްޔަށް ޕޮޒިޓިވްވި 70 އަހަރުގެ މީހާއަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ އެ މީހާގެ ޙާލަތު އިތުރަށް މޮނިޓަރ ކުރުމަށެވެ.

މި ބައްޔަށް ޝައްކުވެގެން ރާއްޖެއިން 28 މީހެއް އެކަހެރި ކުރެވިފައިވާއިރު އޭގެ ތެރެއިން 15 މީހުން އެކަހެރި ކުރެވިފައިވަނީ ފަރުކޮޅުގައެވެ. އަނެއް 13 މީހުން އެކަހެރި ކުރެވިފައިވަނީ ވިލިވަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް