Advertisement
ކ. މާލެ
|
12 މާރޗް 2020 | ބުރާސްފަތި 01:41
ފަރުކޮޅުފުށީގައި މީހުން ކަރަންޓީން ކުރަމުންދަނީ
ފަރުކޮޅުފުށީގައި މީހުން ކަރަންޓީން ކުރަމުންދަނީ
ހެލްތު މިނިސްޓްރީ
ކޮވިޑް-19
ކޮވިޑް-19: މެލޭޝިއާއިން އައި ދިވެއްސަކު އަލާމަތްތައް ފެނިގެން ކަރަންޓީން ކުރަނީ
އެމީހާ ވަނީ ފަރުކޮޅުފޮއްޓަށް ގެންދެވިފައި

ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ އެއް އިމާރާތެއްގައި ހުރުމަށްފަހު އެނބުރި ރާއްޖެ އައި ފަހުން ވައިރަސްގެ އަލާމަތްތައް ފެނުނު ދިވެއްސަކު ކަރަންޓީން ކުރަން ނިންމައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ބުނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހަކާ އެއް އިމާރާތެއްގައި ހުރުމަށްފަހު މެލޭޝިއާއިން ރާއްޖެއަށް އައި ދިވެއްސެއްގެ ގައިން ކޮވިޑް-19އަށް ޝައްކުކުރެވޭ އަލާމަތްތައް ފެނިފައިވާ ކަމަށެވެ. އަދި އެމީހާގެ ޓެސްޓްތައް ހެދުމަށް މިހާރު ފަރުކޮޅުފޮއްޓަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Advertisement

ދުނިޔޭގެ ހުރިހާ ބައްރެއްގައި ކޮވިޑް-19 ފެނިފައިވާއިރު، މިހާތަނަށް ރާއްޖެއިން 08 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ސިމާހާ ނަސީމް
- ކޮމެންޓް