ކ. މާލެ
|
11 މާރޗް 2020 | ބުދަ 19:09
ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ
ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ
ގެޓީ އިމޭޖަސް
ކޮރޯނާވައިރަސް (ކޮވިޑް-19)
ކޮރޮނާވައިރަހަށް އެމްބާޕޭ ޓެސްޓުކޮށްފި
ކޮރޯނާވައިރަހަށް އެމްބާޕޭ ޓެސްޓް ކުރީ މިދިޔަ ތިން ދުވަހު އޭނާ ބަލިކޮށް އުޅުމުގެ ސަބަބުން

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ ޒުވާން ފޯވާޑް ކީލިއަން އެމްބާޕޭ، ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޓެސްޓުކޮށް އޭނާގެ ނަތީޖާ "ނެގަޓިވް" ކަމަށް ދަށްކައިފި އެވެ.

ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އެމްބާޕޭ ޓެސްޓް ކުރީ މިދިޔަ ތިން ދުވަހު އޭނާ ބަލިކޮށް އުޅުމުގެ ސަބަބުން އަންގާރަ ދުވަހުއެވެ.

އެމްބާޕޭ ކޮރޯނާ ވައިރަހަށް ޓެސްޓުކުރިއިރު، މިދިޔަ ދެ ދުވަހު ޕީއެސްޖީން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި އޭނާ ބައިވެރިއެއް ނުވެއެވެ. އެކަމަކު ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ބޮރޫޝިއާ ޑޯޓްމުންޑާ ދެކޮޅަށް ކުޅޭ މެޗުގައި އެމްބާޕޭ ކުޅޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ބުދަ ދުވަހުގެރޭގެ މެޗާ ކުރިމަތިލާއިރު، ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ޕީއެސްޖީ ވަނީ ޑޯޓްމުންޑް އަތުން 2-1 އިން ބަލިވެފައެވެ.

ބުދަ ދުވަހުގެރޭގެ މެޗު ކުޅޭނީ ސަޕޯޓަރުން ނުވައްދައެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19) އަށް އެމްބާޕޭ ޓެސްޓްކުރިއިރު، ފްރާންސްގައި މިހާރު ފެތުރެމުންދާ މި ވައިރަހާއި ގުޅުގިގެން ފްރެންޗު ލީގުގެ މެޗުތަކަށް ސަޕޯޓަރުން ނުވައްދަން މިހާރު ވަނީ ނިންމާފައެވެ. ފްރާންސްގެ ސަރުކާރުން ބުނީ އެގައުމުގެ ފުޓްބޯޅަ ލީގުގައި ކުޅެވޭ މެޗުތަކަށް ސަޕޯޓަރުން ވެއްދުން މަނާކުރީ އެގައުމުގައި ކޮރޯނާވައިރަސް (ކޮވިޑް-19) ހަލުވިކަމާއިއެކު ފެތުރެމުންދިއުމާއި ގުޅިގެން ކަމަށެވެ. މީގެ އިތުރުން ފްރާންސުންވަނީ 1000 މީހުންނަށް ވުރެ ގިނަ މީހުން އެއްވެގެން ބާއްވާ ހުރިހާ ހަރަކާތެއް ބޭއްވުންވެސް މަނާ ކޮށްފައެވެ.

އިންގްލެންޑުގައި 1700 އަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މި ބަލި ޖެހިފައިވާއިރު، މި ބައްޔާ ގުޅިގެން އެގައުމުން ވަނީ 33 މީހުން މަރުވެފައެވެ.

- ކޮމެންޓް