Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 19:32
އެމްޑީޕީ ޕްރައިމަރީ
އެމްޑީޕީ ޕްރައިމަރީ
ޔޫސުފް ސޮފްވާން ރަޝީދު
އެމްޑީޕީ
އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާ އެމްޑީޕީގެ 37 މެންބަރަކު ވަކިކޮށްފި
ޕާޓީގެ މެމްބަރުންގެ ގޮތުގައި ހުރެ، އިންތިޚާބުތަކުގައި އަމިއްލަގޮތުން ވާދަކުރުމަކީ ޕާޓީގެ އަސާސީ ޤަވާޢިދާއި ޚިލާފު އަމަލެއް
އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދާ ޕާޓީގެ ދަފްތަރުން އުނިކުރުމަށް ވަނީ ފޮނުވާފަ

އަންނަ ލޯކަލް ކައުންސިލް އިންތިޚާބު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރާ އެމްޑީޕީގެ 37 މެންބަރަކު އެޕާޓީން ވަކިކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެމްޑީޕީން ބުނީ ލޯކަލް ކައުންސިލް އިންތިޚާބާއި ޑަބްލިއުޑީސީ އިންތިޚާބުގައި އެޕާޓީގެ މެންބަރުންގެ ގޮތުގައި ހުރެ، އިންތިޚާބުތަކުގައި އަމިއްލަގޮތުން ވާދަކުރުމަކީ އެ ޕާޓީގެ އަސާސީ ޤަވާޢިދާއި ޚިލާފު ޢަމަލެއް ކަމަށެވެ.

Advertisement

އެމްޑީޕީން ބުނީ އަސާސީ ޤަވާޢިދުގެ 113 ވަނަ މާއްދާއިން އެޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީއަށް ލިބިދީފައިވާ ބާރުގެ ދަށުން 37 ފަރާތެއް އެޕާޓީގެ މެންބަރުކަމުން ވަކިކޮށް ފިޔަވަޅު އެޅުމަށް ނިންމާފައިވާކަމަށެވެ. އަދި އެ ފަރާތްތައް އެޕާޓީން ވަކިކޮށް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދާ ޕާޓީގެ ދަފްތަރުން އުނިކުރުމަށް ފޮނުވާފައިވާ ކަމަށް ވެސް އެޕާޓީން ބުނެއެވެ.

އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން އަމިއްލަ ގޮތުން ވާދަކުރާ އެޕާޓީގެ މެންބަރުން ޕާޓީން ވަކިކުރުމަށް ނިންމީ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި ތިބެ އެޕާޓީގެ އަސާސީ ޤަވާއިދާއި ޚިލާފަށް ބައެއް ފަރާތްތަކުން އެފަދައިން ޢަމަލުކުރަމުން ދާކަމުގެ ޝަކުވާގެ މައްސަލަ ފިޔަވަޅުއަޅާ ކޮމެޓީން ބެލުމަށްފަހުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް