Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 19:43
އެމްއޭސީއެލްގެ ކުރީގެ ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރ ހާމިދު ރިޒާ
އެމްއޭސީއެލްގެ ކުރީގެ ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރ ހާމިދު ރިޒާ
ރައްޔިތުންގެ މަޖިލިސް
އައު ސީ ޕްލޭން ޓަރމިނަލް
ކޮންމެ ޕްރޮޖެކްޓަކީ ފައިދާވާންޖެހޭ ޕްރޮޖެކްޓެއް ނޫންކަމަށް ނޫރައްދީން ވިދާޅުވި: ހާމިދު ރިޒާ
ޓީއެމްއޭއަށް އައު ސީ ޕްލޭން ދިނުމުގައި ބޯޑު މެމްބަރު އިބްރާހީމް ނޫރައްދީން ނުފޫޒު ފޯރުވިކަމަށް ހާމިދު ވިދާޅުވޭ
2017 ގައި ޓީއެމްއޭއާއެކު އެއްބަސްވިއިރު އޮތް ހާލަތެއް ނޫން މިހާރު އޮތީ، އެމްއޭސީއެލްގެ ހާލަތު މިހާރު ރަނގަޅު
އެމްއޭސީއެލްގެ ބޯޑުގައި މިހާރުވެސް ތިއްބެވި ގިނަ މެމްބަރުންނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ތިއްބެވި މެމްބަރުން

ވަޒީފާއިން ވަކިކުރީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތަރައްޤީކުރި އައު ސީ ޕްލޭން ޓަރމިނަލް ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީއެމްއޭ)އަށް ދިނުމާ ދެކޮޅު ހެދުމުން ކަމަށް އެމްއޭސީއެލްގެ ކުރީގެ ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރ ހާމިދު ރިޒާ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުދަ ދުވަހު ބޭއްވި ބައްދަލުވުމަށް، ހާމިދު ހާޒިރުކޮށް، މަޢުލޫމާތު އޮޅުންފިލުވިއިރު، އަންގާރަ ދުވަހު މާލިއްޔަތު ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ވަނީ އޭނާއާއެކު ވަޒީފާއިން ވަކިކުރި، އެމްއޭސީއެލްގެ ކުރީގެ ޖެނެރަލް މެނޭޖަރ ކޮމަރސަލް، މުޖުތަބާ ލަތީފް ވެސް ކޮމެޓީއަށް ހާޒިރުކޮށް މަޢުލޫމާތު ހޯދާފަ އެވެ. މި ދެ ބޭފުޅުން ވެސް ވަޒީފާއިން ވަކިކޮށްފައިވަނީ މިދިއަ ރިޔާސީ އިންތިޚާބު އިބްރާހީމް މުޙައްމަދު ޞާލިޙު ކާމިޔާބުކުރެއްވުމާއި މަޤާމުގެ ހުވާ ކުރެއްވުމުގެ ކުރިން ކަމަށެވެ.

Advertisement

ހާމިދު ވެސް ވަނީ އެމްއޭސީއެލްގެ ބޯޑު މެންބަރު އިބްރާހީމް ނޫރައްދީން، ކުންފުނީގެ މެނޭޖުމަންޓުގެ ކަންކަމުގެ ތެރެއަށް ވަދެވަޑައިގެން، ނުފޫޒު ފޯރުވަމުންގެންދަވާކަން ހާމަ ކުރައްވާފަ އެވެ.

އެގޮތުން ޓީއެމްއޭއަށް އައު ސީ ޕްލޭން ޓަރމިނަލް ދިނުމުގައި ހާމިދުވެސް އަދި މުޖުތަބާވެސް ނުފޫޒު ފޯރުވާފައިވާކަމުގެ ތުހުމަތު ކުރައްވާފައިވަނީ އިބްރާހީމް ނޫރައްދީނަށެވެ.

އަޅުގަނޑު ދެންނެވިން (އިބްރާހީމް ނޫރައްދީނަށް) ކުރީގަ އޮތް ހާލަތެއް ނޫނޭ މިހާރު މިއޮތީ، މިހާރު އަޅުގަނޑުމެން (އެމްއޭސީއެލް)ގެ އަތުގައި، އެންމެ ދަށް ވިޔަފާރިއަކުންވެސް އަޅުގަނޑުމެންނަށް 25 ޕަސެންޓް ފައިދާވެޔޭ. އެހެންވީމާ އެ އޮތްގޮތަށް (ޓީއެމްއޭއަށް ދޭން އެއްބަސްވާ ގޮތަށް) ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތެއްކަމަކަށް އަޅުގަނޑަށް ނުފެނޭ. ވަރަށް ކޯފާ އިސްކުރައްވާފަ (އިބްރާހީމް ނޫރައްދީން) ވިދާޅުވި ހާމިދަށް ނުޖެހޭނޭ ކޮންމެހެން އެމްއޭސީއެލްގެ ފައިނޭންޝުން ތިގޮތަށް ވިސްނާކަށްވެސް. އެހެންނޫނަސް އެމްއޭސީއެލުން ހިންގާ ހުރިހާ ޕްރޮޖެޓްތަކަކީ ފައިދާވާންޖެހޭނެ ޕްރޮޖެކްޓެއް ނޫނޭ. އަޅުގަނޑު ދެންނެވިން ދެން ބޯޑުން އިބްރާހީމްމެން ތިގޮތަށް ނިންމަވަންވީ ނޫންތޯ އޭ.
އެމްއޭސީއެލްގެ ކުރީގެ ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރ ހާމިދު ރިޒާ

ހާމިދު ވިދާޅުވީ، ޓީއެމްއޭއަށް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ދިނުމަށް 2017 ވަނަ އަހަރު ނިންމާފައިވަނީ އޭރު ކުންފުނީގެ ޙާލަތަށް ބެލެމަށްފަހު، އެޑްވާންސްގެ ގޮތުގައި 8 މިލިއަން ޑޮލަރުވެސް އެމްއޭސީއެލްއަށް ލިބެންޖެހޭ ގޮތަށް ކަމަށެވެ. އެހެންކަމުން އޭރުގެ ޙާލަތަށް ބަލާއިރު އެއީ ރަނގަޅު ގޮތެއްކަމަށް ޤަބޫލުކުރައްވާ ކަމަށާއި ނަމަވެސް މިއީ މިހާރު އެޙާލަތު ނޫން ކަމަށާއި މިހާރު ޙާލަތު ބަދަލުވެ، ކުންފުނީގައި ވެސް ފައިސާ އެބަހުރި ކަމަށެވެ.

މާލިއްޔަތު ކޮމެޓީގެ މެންބަރުންގެ ގިނަ ސުވާލުތަކަށް ހާމިދު އެކަށީގެންވާ ގޮތެއްގައި ޖަވާބު ދެއްވާފައި ނުވާތީ، ބައެއް މެންބަރުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކުރައްވާ ތަކުރާރުކޮށް ސުވާލު ކުރައްވާފަ އެވެ.

މީގެއިތުރުން ބައެއް މެންބަރުން ވަނީ ސަރުކާރުގެ ބޮޑު ކުންފުންޏެއްގެ ޑެޕިއުޓީ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަޤާމުގައި ހުންނަވާ ޒިންމާއަދާ ކުރައްވާފައިނުވާކަން ފާހަގަ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
11 މާރޗް 2020 | ބުދަ 21:33
ނަސްރު45
އިބްރާހީމް ނޫރައްދީނަކީ ވޮޔެޖަސް މޯލްޑިވްސްގެ އެއް ހިއްސާދާރު، ގިނަ ޒަމާންތަކެއްވަންދެން އެމް އޭ ސީއެލްގަ ހުންނަވައިގެން ތަފާތު ކަންކަމުން އޭނާގެ ޖީބައްލެވޭނޭ އެއްޗެއް ހޯއްދަވާ، އޭނަ އަށް މިކަންކަމުން ފާޑު ކިޔާ ލޮންމެ މީހަކު ތަނުން ބޭރު ކުރުމުގަ އިސްރޯލެއް ކުޅުނު މީހެއްކަން އެއާރ ޕޯރޓްގަ އުޅުނު ކޮންމެ މިހަކަށްވެސް އެގޭނެ.