Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 18:29
މަތިވެރި ދާއިރާގެ މެމްބަރ ހަސަން ޒަރީރު
މަތިވެރި ދާއިރާގެ މެމްބަރ ހަސަން ޒަރީރު
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓާނަމަ އެ ނިންމުން ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަންޖެހޭ ގޮތަށް އިސްލާހު ހުށަހަޅައިފި
މި ބިލް ހުށަހެޅުމުގެ މައިގަނޑު މަގްސަދަކީ ޖިނާއީ އިޖުރާތުގެ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު އެ ގާނޫނަށް ދިމާވެފައިވާ ދަތިތައް ހައްލު ކުރުން
ސަރުކާރުގެ ފަރާތުން މިބިލް މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެމްބަރ ހަސަން ޒަރީރު

ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓާނަމަ އެ ނިންމުން ކޮންމެ 30 ދުވަހަކުން މުރާޖަޢާކުރަންޖެހޭ ގޮތަށް ޖިނާޢީ ޢިޖުރާތުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް ހުށަހަޅައިފި އެވެ.

ސަރުކާރުގެ ފަރާތުން މިބިލު މަޖިލީހަށް ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރ ހަސަން ޒަރީރެވެ. މިބިލަށް ހުށަހަޅާފައިވާ އިޞްލާޙު ތަކުގެ ތެރޭގައި ހިމެނޭ އެއް އިޞްލާޙަކީ ޝަރީޢަތް ނިމެންދެން މީހަކު ބަންދުގައި ބަހައްޓަން ފަނޑިޔާރު ނިންމަވައިފިނަމަ އެނިންމުން ކޮންމެ 30 ދުވަހަކުން މުރާޖަޢާ ކުރަންވާނެކަމަށެވެ. އަދި އޭނާ އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް އޮތްތޯ ބެލުމަށްޓަކައި އޭނާ ހައްޔަރުކޮށްފައިވާ ފަރާތުން އޭނާ ކޯޓަށް ހާޒިރުކުރަންވާނެ ކަމަށެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު މަޤުޞަދަކީ ޖިނާއީ އިޖުރާޢަތުގެ ޤާނޫނަށް ޢައމަލުކުރަން ފެށުމަށްފަހު އެ ގާނޫނަށް ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމަށާއި އެ ޤާނޫނަށް އިތުރަށް ބަޔާންކުރަންޖެހޭ އިޖުރާޢަތްތައް ކަނޑައެޅުުމުގެ އިތުރުން އެ ޤާނޫނޫގައި އެނޫނަސް ފުރިހަމަ ކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރުން ކަމަށް މެންބަރު ޙަސަން ޒަރީރު ވިދާޅުވިއެވެ.

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބޭނުމަކީ ޤާނޫނުގައި ކަނޑައަޅާފައިވާ ޖިނާޢީ ބޮޑޮތި ކުށްތައް މިހާރު ޢަމަލުކުރަމުންދާ ޤާނޫނުގައި ހިމެނިފައިނުވާތީ އެފަދަ ކުށްތައް ހިމެނުމެވެ. އެގޮތުން ރޭޕްކުރުމާއި، ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ކުށާއި މީހަކު މެރުމުގެ ކުށް، ޓެރަރިޒަމްގެ ކުށްތައް، މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުމުގެ ކުށް، ޓްރެފިކްކުރުމުގެ ކުށް، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ކުށް، ލައްކައަކަށްވުރެ މަތީގެ ފައިސާގެ ޢަދަދު ހިމެނޭ ކުށް، ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ކުށް، އަދި ރިޝްވަތުގެ ކުށާއި ކޮރަޕްޝަނުގެ ކުށް ހިމެނެއެވެ.

Advertisement

ޖިނާޢީ އިޖުރާޢަތުގެ ޤާނޫނަށް ހުށަހަޅާފައިވާ އިޞްލާޙުތަކުގެ ތެރޭގައި ސަލާމަތީ ބާރުތަކަށްވެސް ބޮޑެތި އިޚްތިޔާރުތަކާއި ބާރުތައް ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ޤނޫނު ތަންފީޒުކުރާ އިދާރާއަކުން ތަޤުޤީޤަކުރަމުންދާ ޖިނާޤީ ކުށަކާ ގުޅިގެން ޢާންމު ތަނަކަށް ވަންނަން ޖެހިއްޖެނަމަ، ކޯޓު އަމުރަކާ ނުލައި، އެ ތަނަކަށް ވަނުމުގެ ބާރު، ޤާނޫނު ތަންފީޒުކުރާ ކޮންމެ އިދާރާއަކަށް ލިބިގެންވާކަމަށް ހިމަނާފައިވެއެވެ. ވަކީލަކު ޢައްޔަނު ކުރުމުގައި އޮންނަ ހަނި ފުރުޞަތު އިޞްލާޙުކޮށް ވަކީލަކު ޢައްޔަނު ކުރުމަށް ލިބޭ މުއްދަތު ވަނީ މި އިޞްލާޙުގައި ހިމަނާފައެވެ. މީގެ އިތުރަށް ކުށެއްގައި ހައްޔަރުކޮށްފައިވާ މީހާ ޤާނޫނީ ވަކީލަކު ހޯދުމަށް އޮންނަ 12 ގަޑިއިރުން 24 ގަޑިއިރަށް ބަދަލުކުރުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.

ބަންދުގައި ބަހައްޓާފައި ހުންނަ މީހާ ބަލާފާސްކުރާ ކަންކަން އިތުރަށް ތަފުޞީލުވެގެންދާނެ ކަމަށާއި މީގެ ސަބަބުން ބަލާފާސްކުރާ މީހާއާއި ބަންދުގައި ހުންނަ މީހާގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމަށް ހުށަހެޅުނު އިޞްލާޙުގައިވެއެވެ.

މިބިލަށް ވާހަކަދެއްކެވި މެންބަރުން ވަނީ ބިލަށް ތާޢީދުކުރައްވާ ވާހަކަ ދައްކަވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް