Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 12:08
ވަންޑް އެންޑް އޮންލީ ރިސޯޓު
ވަންޑް އެންޑް އޮންލީ ރިސޯޓު
ބުކިންގ.ކޮމް
ކޮވިޑް-19
ކޮވިޑް-19: ވަން އެންޑް އޮންލީ ރީތި ރަށުން ސާމްޕަލް ނެގި މީހާ ނެގެޓިވް، ރިސޯޓް ހުޅުވައިފި
އަލާމަތްތައް ފެނިފައިވަނީ ބިދޭސީއެއްގެ ފަރާތުން
ބައްޔަށް ޓެސްޓް ކުރި މީހާ ނެގެޓިވް
ރަށަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތް

ކޮވިޑް19 އަށް ޝައްކު ކުރެވިގެން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ކަރަންޓީނުކުރި ކުޑަ ކުއްޖާ، ވައިރަހަށް ނެގެޓިވްކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

ބުދަ ދުވަހު އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ، ކޮވިޑް 19އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުން ސާމްޕަލް ނަގާ ޓެސްޓްކުރި މީހާ ވަނީ އެ ބައްޔަށް ނެގަޓިވް ވެފައިވާކަމަށާއި ޓެސްޓްގެ ނަތީޖާއާއި ވިދިގެން، އަދި "ކޮންޓެކްޓް ޓްރޭސިންގ" ނިމުމާއި ގުޅިގެން ރަށަށް އަރާ ފޭބުމުގެ އެއްވެސް ހުރަހެއް ނެތްކަމަށެވެ.

Advertisement

މިއާއެކު ލޮކްޑައުންގައި މިހާރު އޮތީ ތިން ރިސޯޓެކެވެ. އެއީ ރާއްޖެއިން އެންމެ ފުރަތަމަ މި ބަލި ފެނުނު ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީޒް ބަތަލާ އަދި ކުރަމަތި އައިލެންޑް ރިސޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް