Advertisement
ކ. މާލެ
|
11 މާރޗް 2020 | ބުދަ 16:09
މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުުގައި ބާ ކައުންސިލްގެ މެމްބަރުން
މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީގެ ބައްދަލުވުުގައި ބާ ކައުންސިލްގެ މެމްބަރުން
ރައްޔިތުންގެ މަޖިލިސް
ބާ ކައުންސިލް
ކޮމިޓީގެ ނިންމުން ބަލައިގަންނަން، އެކަމަކު އެއީ ހަގީގަތެއްކަމަށް ބަލައެއް ނުގަންނަން: މައުމޫން ހަމީދު
ޖުޑީޝަރީ ކޮމެޓީން ނިންމާފައިވާ ނިންމުން ނިންމާފައިވަނީ ރަނގަޅަށް މައުލޫމާތު ލިބިވަޑައި ނުގެން ކަމަށް ބާ ކައުންސިލުން ބުނޭ
ގާނޫނު ބުނާގޮތުން ގްރެޖުއޭޓުންނަށް ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބެނީ އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރުމުން
އަދި ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބެނީ ބާ އެގްޒާމުން ފާސް ވެގެން

ގާނޫނީ ފަންނުގެ ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތަކާއި ގުޅިގެން، ގާނޫނީ ރޮނގުން ދަސްވެނިވެފައިވާ ފަރާތްތަކަށް ވަކީލުކަމުގެ ހުއްދަ ނުލިބިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމާފައިވާ ނިންމުން އަޑު އަހައިފިން ކަމަށާއި އަޑު އިވިއްޖެ ކަމަށާއި ޖުޑީޝާރީ ކޮމެޓީގެ ނިންމުން ބަލައިގަންނަކަމަށާއި އެކަމަކު އެއީ ހަގީގަތެއްކަމަށް ބަލައިނުގަންނަ ކަމަށް ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.

ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން އަންގާރަ ދުވަހު ބާ ކައުންސިލްގެ މެމްބަރުން ހާޒިރުކޮށް ބޭއްވި ބައްދަލުވުމުގަ އެވެ.

އެބައްދަލުވުމުގައި ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށް ނިންމާފައިވާ ދަރިވަރުންތަކެއް މަޖިލިހުގެ ޖުޑީޝަރީ ކޮމެޓީގެ މެމްބަރުންނާ ހިއްސާކުރައްވާފައިވާ މައުލޫމާތުތަކަށް އަދި ކޮމެޓީން ކުރި ދިރާސާއަށްފަހު، އެކޮމެޓީން ވަނީ އަންގާރަ ދުވަހު ބާ ކައުންސިލާއެކު ބޭއްވި ބައްދަލުވުމުގައި އެކޮމެޓީން މިމައްސަލާގައި ނިންމާފައިވާ ނިންމުންތައް ބާ ކައުންސިލްގެ މެމްބަރުންނާ ހިއްސާ ކުރައްވާފަ އެވެ.

Advertisement

އެގޮތުން، އެ ރިޕޯޓް އިއްވަވާ ދެއްވަމުން ޖުޑީޝަރީ ކޮމެޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވީ، ބާ ކައުންސިލުން ޖުޑީޝަރީ ކޮމެޓީއަށް ހިއްސާ ކުރެއްވި ބައެއް ކަންކަމާއި އޭގެ އިތުރުން ކޮމެޓީއަށް ލިބިފައިވާ މައުލޫމާތުތަކަށް ބިނާކޮށް، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނު ވުޖޫދަށް އައިއިރު،، ދަސްވެނިވެފައި ތިބި ދަރިވަރުންނާއި އޭރު ކިޔަވަމުންދިޔަ ދަރިވަރުންނާ އަދި ގާނޫނު ވުޖޫދުވުމަށްފަހު، ދަސްވެނިވި ދަރިވަރުންގެ މައްސަލައަށް ހައްލެއް ހޯއްދެވުމަށް ދަތިވެފައިވަނީ، މިހާރު ގާނޫނު އޮތްގޮތަށް ކަމަށް ވިދާޅުވި ވިދާޅުވުން އެއީ ގަބޫލުކުރުން ދަތިކަމެއް ކަމަށެވެ. ނުވަތަ ޕްރެކްޓިކަލީ ގާނޫނުގައި އެއޮތްގޮތަށް މިިކަންވާން ނެތްކަމަށް ވިދާޅުވި ވިދާޅުވުން ޖުޑީޝަރީ ކޮމެޓީއަށް ގަބޫލުކުރަން ދަތިކަމަށެވެ.

ގާނޫނުގައި ބާ އިމްތިހާނު ބަޔާންކޮށްފައި އޮތީ، ސުރުހީއެއްފަދައިން ކަމަށާއި މިކަމުން އެ އިމްތިހާނުގެ މަގްޞަދު އެނގިވަޑައި ނުގަންނަވާކަމަށް ވިދާޅުވި ނަމަވެސް، އެއްވެސް ބާ ކައުންސިލަކަށް ބާ އިމްތިހާނުގެ މަގްޞަދު އޮޅުން އަރަންޖެހޭ ސަބަބެއް އޮތްކަމަކަށް ޖުޑީޝަރީ ކޮމެޓީން ނުދެކޭ ކަމަށްވެސް ކޮމެޓީގެ ނިންމުމުގައި ވެއެވެ.

ޖަވާބުގައި ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ވިދާޅުވީ، ޖުޑީޝަރީ ކޮމެޓީން ނިންމާފައިވާ ނިންމުން ނިންމާފައިވަނީ ރަނގަޅަށް މައުލޫމާތު ލިބިވަޑައި ނުގެން ކަމަށެވެ.

ދެންމެ އިވިގެންދިޔަ ސްޓޭޓްމަންޓް އަޅުގަނޑުމެން އަޑު އަހައިފިން. އަޅުގަނޑުމެންނަށް އިވިއްޖެ. އަޅުގަނޑުމެން ބަލައިގަންނަން. ޖުޑީޝަރީ ކޮމެޓީގެ ހިޔާލުފުޅުތަކެއްކަން. އެކަމަކީ ހަގީގަތެއް ކަމެއް އަޅުގަނޑުމެން ބަލައެއް ނުގަންނަން. ބިނާކުރެއްވި ކަންކަން އެއީ ހުރިހާ މައުލޫމާތު ލިބިވަޑައިގެން ނުގެންކަން އަޅުގަނޑު ގަބޫލު ކުރަން،
ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު

ބާ ކައުންސިލުން ބުނަނީ، ގާނޫނުގައި ބުނާ ބާ އެގްޒާމްގެ ކަންކަން ކުރުމަށްޓަކައި ބޭރުގެ ތަޖުރިބާކާރު ފަރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. މައުމޫން ހަމީދު ވިދާޅުވީ މިހާރު ބާ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ބާ އެގްޒާމެއް ބޭއްވޭވަރު ވާނެ ކަމަށެވެ.

ގާނޫނީ ފަންނުގެ ގާނޫނު ބުނާގޮތުން ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިދެވެނީ، އެއް އަހަރު ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކޮށް، ބާ އެގްޒާމުން ފާސް ވެގެންނެވެ. މީގެއިތުރުން ބާ ކައުންސިލުންގެ އަނެއް ކަންބޮޑުވުމަކީ އެ ގާނޫނުގައި އެއް އަހަރުގެ ތަމްރީން ޕްރޮގްރާމެކޭ ކަނޑައެޅިގެން ބުނެފައިވާތީ، އެއް އަހަރު ކަނޑައެޅުމާ މެދުގައެވެ.

ބާ ކައުންސިލުން ބުނީ ތަމްރީން ޕްރޮގްރާމްގެ އެއް އަހަރުގެ ބަދަލުގައި، "ކްރިޑިޓް އަވާސް"ގެ ގޮތުގައި ވަކި ގަޑިއިރެއް ހަމަކުރަންޖެހޭނެ ކަމަށް ބުނުމުން މިފަދަ މައްސަލަތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ބާ ކައުންސިލުން ވަނީ އެކަމަށް ވަކިގޮތެއް މިހާރު ކަނޑައަޅާފަ އެވެ. އެގޮތުން ކްރޑިޓް އަވާސްގެ ގޮތުގައި 360 ގަޑިއިރު ހަމަކުރަންޖެހޭނެ ކަމަށާއި އެ ކްރިޑިޓް އަވާސް ހަމަކުރާނީ 12 މަހަށް ބަހާލައިގެން ނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް