Advertisement
ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 23:08
ފޮރިން ސެކެރެޓަރީ އަބްދުލްއަފޫރު މުހައްމަދު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަނީ
ފޮރިން ސެކެރެޓަރީ އަބްދުލްއަފޫރު މުހައްމަދު ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަނީ
ރާއްޖެއެމްވީ
ޔޫއޭއީ-ދިވެހިރާއްޖެ
ޔޫއޭއީގެ އެހީ ބޭނުންކުރާނީ ތަރައްގީ މަޝްރޫއުތަކަށް: ފޮރިން މިނިސްޓްރީ
ރާއްޖެއާ ޔޫއޭއީގެ ގުޅުން ދަނީ ބަދަހިވަމުން
ރައީސް ވަނީ މީގެ ކުރިން ޔޫއޭއީއަށް ދަތުރުތަކެއް ކުރައްވާފައި
ރަސްމީ ގޮތުން އެހީގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީއިން)ގެ އަބޫދާބީ ފަންޑުން ރާއްޖެއަށް ދިފައިވާ 771 މިލިއަން ރުފިޔާގެ ހިލޭ އެހީ ބޭނުންކުރަނީ ތަރައްގީގެ މަޝްރޫޢުތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެ.އެމްވީ އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދު ވިދާޅުވީ، ޔޫއޭއީގެ އެހީގެ ބޭނުމަކީ ރާއްޖޭގައި ހިންގަމުންދާ އެކި މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ. އޭނާ ވިދާޅުވީ، އެހީއަކީ ހިލޭއެހީއަކަށްވުމާއެކު ފައިސާ ޚަރަދު ކުރަނީ ކޮން މަޝްރޫޢަކަށްކަން ނިންމާނީ ސަރުކާރުން ކަމަށެވެ.

Advertisement

ހިލޭ އެހީއާ ރާއްޖޭގެ ފަރާތުން ޙަވާލުވެވަޑައިގެންނެވީ ހޯމަ ދުވަހު ޔޫއޭއީގެ ވެރިރަށް ދުބާއީގައި ބޭއްވި ރަސްމިޔާތެއްގައި ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދެވެ. އެ ޤައުމުން ރާއްޖެއަށް އެހީވެދީފައިވާއިރު، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވަނީ ޔޫއޭއީއަށް ރަސްމީ ދެ ދަތުރުފުޅެއް މިހާތަނަށް ކުރައްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން ޔޫ.އޭ.އީއަށް ވަޑައިގެންފައިވަނީ 2019 ނޮވެންބަރު 29 ގައެވެ.

މި ސަރުކާރު ވެރިކަމަށް އައުމާއެކު ޔޫއޭއީ އާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ވަނީ ބަދަހި ވެފައެވެ. ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް އެޤައުމުން ބޮޑެތި އެހީތަކެއް ވެދެމުން އަންނައިރު، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު މަޤާމާ ޙަވާލުވެވަޑައިގެން ޔޫއޭއީއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ކުރެވުނު މަޝްވަރާތަކާއެކު ދިވެހިންނަށް ކުރިން ވިސާ ނެގުމަކާ ނުލައި އެޤައުމަށް ދަތުރުކުރުމުގެ އިންތިޒާމު ހަމަޖެހިގެން ދިޔައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް