Advertisement
ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 23:10
މޯލްޑިވިސް ޕޮލިސް ސާރވިސް
މޯލްޑިވިސް ޕޮލިސް ސާރވިސް
ދަ އެޑިޝަން
ފުލުހުން
ކޮވިޑް-19: ވައިރަސްއަށް ޕޮޒިޓިވްވި އިޓަލީ މީހާގެ މައްސަލައިގެ ތަހްޤީޤު ފުލުހުން ފަށައިފި
އެފަތުރުވެރިއާ ރާއްޖެއަށް އައީ ފެބްރުއަރީ 23 ގައި
މިމައްސާލާގައި އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް، އިހުމާލުވެފައިވޭތޯ ބަލާނެ

ޅ. ކުރެއްދޫ އައިލެންޑް ރިސޯރޓް އެންޑް ސްޕާގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތައް ފެނިފައިވަނިކޮށް ފުރުވާލި މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ކޮވިޑް-19 ވައިރަސް ދުނިޔޭގެ އެކި ޤައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުން ދަނިކޮށް، 2020 ފެބްރުއަރީ 23 ވަނަ ދުވަހުގެ ވަގުތެއްގައި ދިވެހިރާއްޖެ އައިސް، ކުރެއްދޫ އައިލެންޑް ރިސޯރޓްގައި ޗުއްޓީ ހޭދަކުރި އިޓަލީގެ ފަތުރުވެރިއެއްގެ ގައިން ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިފައިވާއިރު، އެކަމުގެ މަޢުލޫމާތު ހުރި ފަރާތްތަކުން ޢަމަލުކޮށްފައިވާ ގޮތުން ބަލަމުންދާ ކަމަށެވެ.

އެ ފަތުރުވެރިޔާގެ ގައިގައި ބަލިހުރިކަން ދެނެގަނެވި އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ފުރުޞަތު ނުލިބި އޭނާ ފުރައިގެން ގޮސްފައިވުމާއި، އެކަމުގެ ސަބަބުން ކޮވިޑް-19 ވައިރަސް ރާއްޖޭގައި ފެތުރި، އިތުރު ފަރާތްތަކުގެ ސިއްޙަތަށާއި، ފުރާނައަށް ނުރައްކާ ކުރިމަތިވުމުގައި އިޓަލީގެ ފަތުރުވެރިޔާއާ އެކި ގޮތްގޮތުން މުޢާމަލާތްކުރި ފަރާތްތަކުން އެކަން އަންގަންޖެހޭ ފަރާތްތަކަށް ނާންގާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

Advertisement

ފުލުހުން ބުނީ މިމައްސާލާގައި އަޅަންޖެހޭ ފިޔަވަޅުތައް ނާޅާ ފަރުވާކުޑަކޮށް، އިހުމާލުވެފައިވޭތޯ ބެލުމަށް އެ މައްސަލަ މާރޗް 10 ވަނަ ދުވަހު ފުލުހުން ތަޙުޤީޤު ފަށާފައިވާ ކަމަށެވެ.

ފުލުހުން މިމައްސަލަ ތަޙުޤީޤު ކުރަން ފަށާފައިމިވަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރިގެން ދިޔަ ގޮތާ ގުޅޭގޮތުން ޖިނާޢީ ތަޙުޤީޤެއް ހިންގުމަށް ފުލުހުންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ޢަމުރު ކުރައްވައިފައިވަނިކޮށްށެވެ. ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕީޖީއަށް ލިބިދޭ ބާރުގެ ދަށުން މި ޢަމުރު ނެރުއްވާފައިވަނީ ހޯމަ ދުވަހުއެވެ.

ޕީޖީ އެހެން ވިދާޅުވެފައިވާއިރު، ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި އިޓަލީގެ ފަތުރުވެރިޔާ ކިބައިން ވައިރަސްގެ އަލާމަތްތައް ފެނިގެން އޭނާ ފްލައިޓުން ބޭލި ކަމަށާއި، އޭނާ އެއަށްފަހު މާލޭގައި ހުންނަ މާގިރި ހޮޓަލަށް ދިޔަ ކަމަށް ކޮވިޑް-19 ގެ ތަރުޖަމާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް