Advertisement
ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 20:35
ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް
ޕްލޭނިން މިނިސްޓަރު އަހުމަދު އަސްލަމް
ހައުސިންގ މިނިސްޓްރީ
ބޯހިޔާވަހިކަން
މާލޭގެ މެދު ފަންތީގެ އާއިލާތަކަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް
ބިންގާ އަޅާ އިމާރާތްތަކަށް މި ދައުރުގެ ތެރޭގައި ވަދެެވޭނެ
ކުރީ ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭން ހިންގި މަޝްރޫއުތަކަށް ފާޑު ވިދާޅުވި
ކުރީ ސަރުކާރުގެ ފުރަތަމަ ދައުރުގައި ހިންގީ އެމްޑީޕީގެ މަޝްރޫއުތައް

މެދު ފަންތީގެ ޢާއިލާތަކަކީ، މާލޭގައި އެންމެ ގިނައިން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ޢާއިލާތައް ކަމަށާއި، އެ ފަރާތްތަކަށް ޚާއްޞަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކެއް ވަރަށް އަވަހަށް ފަށާނެ ކަމަށް ޕްލޭނިން މިނިސްޓަރު އަޙްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު މެންދުރު، ހުޅުމާލޭ ފޭސް 2 ގައި ޢިމާރާތްކުރާ 1700 ހައުސިން ޔުނިޓުގެ ބިންގާ އަޅުއްވާ ދެއްވުމަށްފަހު، ވާހަކަ ދައްކަވަމުން ޕްލޭނިން މިނިސްޓަރު އަސްލަމް ވިދާޅުވީ، ސަރުކާރަށް އަހަރެއްވެގެން ދިޔައިރު ވާދަވެރި ފަރާތްތަކުން ސަރުކާރާ ދޭތެރޭ އެންމެ ގިނައިން ދައްކަމުންދާ އެއް ވާހަކައަކީ ސަރުކާރު ''ސްލޯވ'' ވާހަކަ އާއި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިޔަށް ނުގެންދެވޭ ވާހަކަ ކަމަށެވެ.

ޕްލޭނިން މިނިސްޓަރު ވިދާޅުވީ، ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގައި، ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ވެސް ފެށީ 2017 ވަނަ އަހަރު ކަމަށާއި، އޭގެ ކުރީގައި އެ ސަރުކާރުން ކުރިޔަށް ގެންގޮސްފައިވަނީ އެމްޑީޕީގެ ސަރުކާރުގައި ފަށާފައިހުރި މަޝްރޫޢުތައް ކަމަށެވެ.

އަންގާރަ ދުވަހު ބިންގާ އެޅި 1700 ޔުނިޓާއެކު، މާލޭގެ ރައްޔިތުންނަށް ޚާއްޞަކުރެވިގެން ޢިމާރާތް ކުރެވިިގެން ގެދޮރު ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުނީ ކަމަށް އޭނާ ވިދާޅުވިއެވެ. އަސްލަމްގެ ނަޒަރުގައި މި ސަރުކާރުން ޕްރޮޖެކްޓްތަކެއް ނުފެށި ލަސްވެގެން އުޅޭކަށެއް އަދި ނުޖެހެއެވެ. ކުރީ ސަރުކާރުގައި އަޅާފައި ހުރި ފްލެޓުތަކުގެ ޙާލަތައް އިޝާރަތް ކުރައްވާ އަސްލަމް ވިދާޅުވީ، ކުރީ ސަރުކާރުން ފްލެޓުތައް އަޅާފައިހުރި ގޮތުން ވަރަށް ގިނަ މަައްސަލަތަކެއް ފެނިފައިވާ ކަމަށެވެ.

Advertisement

''550 އަކަފޫޓުގައި ދެ ކޮޓަރިއާ ބަދިގެއާ ދެ ފާހާނާ ޑިޒައިން ކުރީމަ ހުންނާނެ ގޮތް ތިބޭފުޅުންނަށް ވަރަށް ރަނގަޅަށް ސާފުވެވަޑައިގަންނަވާނެ.''

މިނިސްޓަރު ވިދާޅުވީ، އަލަށް ބިންގާ އެޅިގެންދާ ފްލެޓުތަކަކީ ދިރިއުޅުމުގެ ޙާލަތު ނިކަމެތިކޮށް ހުރި ފަރާތްތަކައް ޢަމާޒުކޮށްގެން އަޅާ ފްލެޓުތަކަކަށް ވިޔަސް، އެހެން ގިންތިތަކުގެ މީހުންގެ ތެރެއިން ބޯހިޔާވަހިކަން ބޭނުންވާ ފަރާތްތަކުގެ މަތިން ހަނދާން ނައްތާނުލައްވާނެ ކަމަށެވެ.

''ހަމައެކަނި އެންމެ ނިކަމެތި މީހުންނަކަށް ނޫން ގެދޮރުގެ ދަތިކަން އޮތީ. މެދު ފަންތީގެ އާއިލާތަކަށްވެސް އަދި ތަނަވަސް އާއިލާތަކަށްވެސް ގެދޮރު ބޭނުންވޭ''އަސްލަމް ވިދާޅުވިއެވެ.

މާލޭގެ އާބަދީ ބެހިފައިވާގޮތަށް ބަލާއިރު، މެދު ފަންތީގެ ޢާއިލާތަކަކީ މާލޭގައި އެންމެ ގިނައިން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ޢާއިލާތައްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ދެން އެންމެ އަވަހަށް ފަށާ މަޝްރޫޢަކަށް ވެގެންދާނީ މެދު ފަންތީގެ ޢާއިލާތަކަށް ޢާމާޒުކޮށްގެން ފެށޭ މަޝްރޫޢު ކަމަށެވެ.

މެދުފަންތީގެ އާއިލާތައް އަޅުގަނޑުމެންނަށް އެއްވެސް ގޮތަކަށް ހަނދާން ނައްތާލެވޭކަން ނެތް... އިރާދަކުރެއްވިއްޔާ ދެން ފަށާ މަޝްރޫއު ވެގެންދަނީ މެދުފަންތީގެ އާއިލާތަކަށް އަމާޒުކޮށްގެން ފެށޭ މަޝްރޫއުއަކަށް. އަތްފޯރާ ފަށުގައި އަޅުގަނޑުމެން އެ ފްލެޓްތަކުގެ އަގު ހިފަހައްޓާނަން.
އަހުމަދު އަސްލަމް - ޕްލޭނިން މިނިސްޓަރު

ޕްލޭނިން މިނިސްޓަރު ވިދާޅުވި ގޮތުގައި މި ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިކުމެ ތިބީ ރައްޔިތުންގެ ޙާލަތާއި ވިންދު ވަރަށް ރަނގަޅަށް އެނގިތިބެގެންނެވެ. އަދި ބިންގާ އަޅާ ޢިމާރާތްތަކަށް ފަސް އަހަރުގެ ތެރޭގައި، ރައްޔިތުން ވަދެވޭނެ ކަމުގެ ޔަޤީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
12 މާރޗް 2020 | ބުރާސްފަތި 17:33
ހިއްކި
ރާއްޖޭގެ ނިކަމެތި އާއިލާތައް ޖެހޭނީ ސަލާމް ޖަހަން ހުރިހާ މޮޅެއް މާލޭ މީހުންނަން
10 މާރޗް 2020 | އަންގާރަ 23:20
ސުޢުދާ
އަޅުގަނޑުގެ މަންމަ އަކީ ނަޝީދުގެ ވެރިކަމުގަ އި ހިންގެވި ހަ އުސިންގ ޕްރޮގްރާމްގަ އިވެސް ބަ އިވެރިވެފަ އިވާ މާލޭގެ ރަ އްވެ އްސެ އް. އަދިވެސް ބޯހިޔާވެހިކަމެ އް ނުލިބޭ. އުޅެންޖެހޭ ޙާލްް އެނގި ލަ އްވާނީ ވަޑަ އިގެން ބެ އްލެވީމަ.