Advertisement
ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 22:45
އެމްއޭސީއެލްގެ ކުރީގެ ޖެނަރަލް މެނޭޖަރ، ކޮމަރސަލް މުޖުތަބާ ލަތީފް
އެމްއޭސީއެލްގެ ކުރީގެ ޖެނަރަލް މެނޭޖަރ، ކޮމަރސަލް މުޖުތަބާ ލަތީފް
ޔޫސުފް ސޮފްވާން ރަޝީދު
އައު ސީ ޕްލޭން ޓަރމިނަލް
ވަޒީފާއިން ވަކިކުރީ، ޓަރމިނަލް ޓީއެމްއޭއަށް ދޫކުރަން ދެކޮޅު ހެދުމުން: މުޖުތަބާ
އެމްއޭސީލުން ލައުންތައް ހިންގާނަމަ އަހަރަކު 40 މިލިއަން ޑޮލަރު ސާފު ފައިދާ ވާނެ
އެއަރޕޯޓް އޮޕަރޭޓަރުންނަށް ޖައުންޖް ކުށްޔަށް ދިނުމަށްވުރެ، ރިސޯޓްތަކަށް ލައުންޖު ދިނުން މާ ރަނގަޅުވާނެ
ޓީއެމްއޭއަށް ދޭން ނިންމާފައިވަނީ އަކަމީޓަރަކަށް 10.35 ޑޮލަރަށް، ދެ އަހަރަށް

ވަޒީފާއިން ވަކިކުރީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ތަރައްޤީކުރި އައު ސީ ޕްލޭން ޓަރމިނަލް ޓްރާންސް މޯލްޑިވިއަން އެއާރވޭސް (ޓީއެމްއޭ)އަށް ދިނުމާ ދެކޮޅު ހެދުމުން ކަމަށް އެމްއޭސީއެލްގެ ކުރީގެ ޖެނަރަލް މެނޭޖަރ، ކޮމަރޝަލް މުޖުތަބާ ލަޠީފު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމަށް، ވަޑައިގެން މުޖުތަބާ ވިދާޅުވީ އޭނާއަކީ އެމްއޭސީއެލްގެ އެކިއެކި ވަޒީފާތަކުގައި 23 އަހަރު ޚިދުމަތް ކުރައްވާފައިވާއިރު، އެއަރޕޯޓްގައި ސީ ޕްލޭން އައު ޓަރމިނަލެއް އެޅުމުގެ ޚިޔާލު ކުންފުނީގެ ބޯޑަށް ކަރުދާހެއް ހުށަހެޅުއްވީވެސް އޭނާ ކަމަށެވެ. އެއީ 2012 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހުންނެވީ ކޮމަރޝަލް ޖެނަރަލް މެނޭޖަރެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ފަހުން އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށް، ވަޒީފާއިން ކަނޑާލީ 2017 ވަނަ އަހަރު ކަމަށާއި އެ މައްސަލަ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހަޅައިގެން އެމައްސަލަ ނިމެންދަނިކޮށް، މިދިއަ ރިޔާސީ އިންތިޚާބު އިބްރާހީމް މުހައްމަދު ޞާލިޙު ކާމިޔާބުކުރެއްވުމާއި މަޤާމުގެ ހުވާ ކުރެއްވުމުގެ ކުރިން އަލުން އަނެއްކާވެސް އެމްއޭސީލުން ވަޒީފާ ހަމަޖައްސައި، ކޮމަރޝަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރުކަން އަނެއްކާވެސް ޙަވާލު ކުރެއްވި ކަމަށެވެ.

Advertisement

މުޖުތަބާ ވިދާޅުވީ، އައު ޓަމިނަލާ ގުޅޭ ގޮތުން އެންމެ ފުރަތަމަ ކަރުދާސް ހުށަހެޅުމާއި، އޭނާގެ ވަޒީފާ އެހެން ޑިޕާޓްމަންޓަކަށް ބަދަލު ކުރުމާއި އަދި ވަކިކުރުމަށްފަހު، އޭނާ އަނބުރާ އެމްއޭސީއެލްގެ ކޮމަރޝަލް ޑިޕާޓްމަންޓާ ޙަވާލުވިއިރު، އެދިޔަ މުއްދަތުގެ ތެރޭގައި އައު ސީ ޕްލޭންގެ މަސައްކަތް އޮތީ ވަރަށް ބޮޑަށް ކުރިއަށް ގެންގޮސްފަ ކަމަށެވެ.

އައު ސީ ޕްލޭން ޓަރމިނަލްގެ ކުއްޔަން ދިނުމުގައި ޓީއެމްއޭއާއެކު ހިންގާފައިވާ މުޢާމަލާތްތައް ހިންގާފައިވަނީ އޭރު، ކޮމަރޝަލް ޑިޕާޓްމަންޓާ އޭރު ޙަވާލުވެ ހުންނެވި ހުސައިން ފަޒީލް ކަމަށާއި، ނަމަވެސް ފަޒީލް ޢަމަލުކޮށްފައިވަނީ ކުންފުނީގެ ސެކްރެޓަރީއާއި ކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާގެ ލަފަޔާ އިރުޝާދުގެ މަތިންކަން ލިޔެކިޔުންތަކުން ފެންނަން އެބަހުރި ކަމަށެވެ.

ހުރިހާ ސްޓަޑީއެއް އަޅުގަނޑުމެން ހެދީ މުސްތަގްބަލުގައި ދައުލަތަށް އެންމެ ފައިދާހުރި މިތަން އޮޕަރޭޓްކުރެވޭނީ ކިހިނެއްތޯ. އެގޮތުން އަޅުގަނޑުމެން ހުރިހާ ލެވެލެއްގައި ސްޓަޑީކޮށް، ބައްދަލުކުރިން ވަރަށް ގިނަ ރިސޯޓްތަކާ. އަސްލުހަގީގަތުގައި ހުރިހާ ރިސޯޓްތަކުން ލޯއުންޖްތައް ބޭނުންކުރަނީ. ދެންތިބީ އެއަރލައިން އޮޕަރޭޓާސް، ޓީއެމްއޭއަކީ އެއަރލައިން އޮޕަރޭޓަރެއް. މަންތާއަކީ އެއަރލައިން އޮޕަރޭޓަރެއް. ފްލައިމީ ވެސް އެބައޮތް ރިކުއެއްސްޓްކޮށްފަ. ދެންގޮސް މޯލްޑިވިއަނަކީ އެއަރލައިން އޮޕަރޭޓަރެއް، މިހުރިހާ ފަރާތްތަކަކީ އެއަރލައިން އޮޕަރޭޓަރުން. މިހާރު މިއޮންނަނީ ހުސްބިން ކުށްޔަށް ދީފައި. މިއީ ވަރަށް ބޮޑު ތަފާތެއް. މިހުރީ މީޓިންގތަކުން ޓީވީންނާ އެއްޗެއްހިން ފެންނައިރު، ވަރަށް ބޮޑު އޮޅުމެއް އެބައަރާ. ސީ ޕްލޭން ޓަރމިނަލް އޮޕަރޭޓް ކުރުމަކީ ލައުންޖް އޮޕަރޭޓްކުރުމަށް އަލުގަނޑުމެން ހަދައިގެން މިއުޅެނީ. މިއީއެއް ނޫން އިނގޭތޯ، އެއަރޯޑްރޯމް އޮޕަރޭޓަރަކީ އެއަރޕޯޓް އޮޕަރޭޓަރ. ދެގޮތަކަށް ކިޔޭ އެއީ އެމްއޭއެލްސީ ރާއްޖޭގައި. އެއަރލައިންތައް އޮޕަރޭޓް މިކުރަނީ މޯލްޑީވިއަން ޓީއެމްއޭ މިތަންތަން. އެއަރލައިން އޮޕަރޭޓް ކުރާތަނަކުން ލައުންޖެއް ނުހިންގާނެ. އެއަރލައިނަކުން ލައުންޖެއް ނުހިންގާނެ،
އެމްއޭސީއެލްގެ ކުރީގެ ޖެނަރަލް މެނޭޖަރ، ކޮމަރސަލް މުޖުތަބާ ލަތީފް

މުޖުތަބާ ވިދާޅުވީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެމިރޭޓްސްއަށް ނުވަތަ ގަތަރު އެއަރވޭސް ފަދަ ބޮޑެތި އެއަރލައިންތަކަށް ލައުންޖެއް ހަމަޖައްސާ ދީފާނެ ކަމަށެވެ.

މުޖުތަމާ ވިދާޅުވީ މިދައްކަނީ އެއަރލައިނެއް އޮޕަރޭޓް ބޭނުންނުވާ އެއްޗެއް ދޭ ވާހަކަ ކަމަށެވެ.

އެއަރލައިނެއް އޮޕަރޭޓް ކުރުމަށްޓަކައި ބޭނުންނުވާ އެއްޗެއް ދޭވަހަކަ އަޅުގަނޑުމެން މިދައްކަނީ. މިއީ އެންމެ މުހިއްމު ޕޮއިންޓަކީ. ރާއްޖޭގައި ސީ ޕްލޭނަށް އޮޕަރޭޓްކުރުމަށްޓަކައި ބޭނުންނުވާ އެއްޗެއް އެމީހުންނަށް ދޭވާހަކަ މިދެކެވެނީ. އެއީ ލައުންޖު. އައިކާއޯ (އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޮގަނައިޒޭޝަން) އެއްވެސް ރިކުއަރމަންޓެއްގައި ނޯވޭ އެމީހުންނަށް ލައުންޖެއް ބޭނުންވާހަކައެއް. ފޮރިން އިންވެސްޓްމަންޓެއް ޕްރޮޓެކްޓްކުރަން އެހެން ސަބަބަކަށްޓަކައިވިޔަސް އަޅުގަނޑުމެން މިޖެހޭނެ އެންމެ ފޫޓެއްވެސް ދޭކަށް. ލައުންޖް ސިފާގައި. ކޮންމެ އެއަރލައިނަކަށް ލައުންޖެއް ހުރުންވެސް އޯކޭ، އެގޮތަށް ބައެއް އެއަޕޯޓްތަކުގައި އެބަހުރި އެންމެ ލައުންޖެއް ދެވިފައި އެއަރލައިންތަކަށް.
އެމްއޭސީއެލްގެ ކުރީގެ ޖެނަރަލް މެނޭޖަރ، ކޮމަރސަލް މުޖުތަބާ ލަތީފް

މުޖުތަބާ ވިދާޅުވީ ސީ ޕްލޭން އައު ޓަރމިނަލުން ކޮންމެ އެއަރލައިނަކަށް ބޮޑު ލައުންޖެއް ދިނުމުގެ ވިސްނުމެއް ނުގެންގުޅޭކަމަށާއި، ޙަޤީޤަތުގައި އައު ސީ ޕްލޭން ޓާރމިނަލުން ރިސޯޓުތަކަށް ލައުންޖްތައް ދޫކުރަން ވިސްނާފައިވާނީ އެއަރޕޯޓް ކުންފުނީގެ ފައިދާއަށް ކަމަށެވެ. އެގޮތުން މިހާރު އެއަރޕޯޓަށް ލިބޭ ޢާމްދަނީ ކަމަށްވާ 1.4 ބިލިއަން ރުފިޔާގެ 40 އިންސައްތައިގެ ސާފު ފައިދާގެ ކުރިއެރުމެއް ދައުލަތަށް ލިބިގެންދާނެ ކަމަށްވެސް މުޖުތަބާ ވިދާޅުވި އެވެ.

އައު ސީ ޕްލޭންގެ ހުރިހާ ޖާގައެއް އެއަރލައިން އޮޕަރޭޓަރުންނަށް ދޭން އަޅުގަނޑުގެ ވިސްނުމެއް ނެތް. އަޅުގަނޑުމެންނަށް ވަރަށްބޮޑު އާމްދަނީއެއް ލިބޭނެ. ގާތްގަނޑަކަށް އަޅުގަނޑުމެން ބަލާލާއިރު، އޮޑިޓަރ ޖެނެރަލްވެސް އެ ފާހަގަކުރައްވާފައިވާ ގޮތަށް ގާތްގަނޑަކަށް 40 މިލިއަން ޑޮލަރަށްވުރެ ގިނައިން ދައުލަތަށް (އަހަރަކު)ފައިދާގެ ގޮތުގައި ލިބޭނެ، ޚަރަދު ކަނޑާފައި. މުޅި ތާނގެ އޮޕަރޭޝަން އެމްއޭސީއެލުން ކުރާނަމަ، މިހާރު ކުންފުނީގެ ސާފު ފައިދާއަކީ 1.4 ބިލިއަން ރުފިޔާ. އޭގެ 40 ޕަސެންޓް ހަމައެކަނި ސީ ޕްލޭންގެ ސާފު ފައިދާ ނެރެވޭނެކަމުގެ ޔަގީންކަން އަޅުގަނޑުދެން ތިބޭފުޅުންނަށް،
އެމްއޭސީއެލްގެ ކުރީގެ ޖެނަރަލް މެނޭޖަރ، ކޮމަރސަލް މުޖުތަބާ ލަތީފް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީނުގެ ސަރުކާރުން އޮތީ، އައު ޓަރމިނަލްގެ ވަރަށް ބޮޑު ޞަރަޙައްދެއް އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން 15 އަހަރު ދުވަހަށް ޓީއެމްއޭއަށް ދޭން އެއްބަސް ވެފައެވެ.

އައު ސީ ޕްލޭން ޓަރމިނަލް ގެ މި މައްސަލަ ފެންމަތިވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަަދު ޞާލިޙުގެ ސަރުކާރުން ވަނީ ޓަރމިނަލްގެ 6،400 އަކަމީޓަރުގެ ޖާގަ, އަކަމީޓަރަކަށް 10.35 ޑޮލަރުގެ ރޭޓުން ޓީއެމްއޭ އަށް ދިނުމަށް އެއްބަސްވެފަ އެވެ. ސަރުކާރުން ދޫކުރަން ނިންމިގޮތާމެދު މަޖިލީހުން ވެސް ވަނީ ރުހުން ދީފަ އެވެ.

މުޖުތަބާ އެމްއޭސީއެލްގެ ވަޒީފާއިން ދެވަނަ ފަހަރަށް ވަކިކުރީ ރައީސް ޞާލިޙުގެ ސަރުކާރުގައި، އައު ސީ ޕްލޭން ޓަރމިނަލް މައްސަލަ ފެންމަތިވި ހިސާބުން، އެމްއޭސީއެލްގެ ބޯޑު މެންބަރު އިބްރާހީމް ނޫރައްދީން ނުފޫޒުން ކަމަށް ވެއެވެ.

މުޖުތަބާ ވިދާޅުވީ، އެމްއޭސީއެލްގެ ބޯޑުގައި މިހާރު ވެސް ތިއްބެވި ގިނަ ބޭފުޅުންނަކީ، ހަމަ ކުރިންވެސް ތިއްބެވި ބޭފުޅުން ކަމަށެވެ. އެގޮތުން އިބްރާހީމް ނޫރައްދީންގެ ނުފޫޒު ވަރަށް ބޮޑުކަމަށް މުޖުތަބާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް