Advertisement
ކ. މާލެ
|
10 މާރޗް 2020 | އަންގާރަ 02:10
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުން
ޓްވިޓަރ
ކޯވިޑް-19
ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ގެނެސްދިނުމުގައި ޒިންމާދާރުވުމަށް ބްރޯޑްކޮމް އިން އިލްތިމާސްކޮށްފި
އެކޮމިޝަނުން މައުލޫމާތު ގެނެސްދިނުމުގައި ޒިންމާދާރުވުމަށް އިލްތިމާސް ކޮށްފައިވަނީ ހޯމަދުވަހުގެ ރޭ
އެއަރޓައިމްގައި މި ބަލިމަޑުކަމައި ބެހޭ ފުރިހަމަ މައުލޫމާތު ހިމެނޭ ކޮންޓެންޓް އިތުރުކުރުމަށް އިލްތިމާސްކޮށްފައިވޭ
ޤާނޫނާއި ޤަވާއިދުގެ އިމުން ބޭރުން ކޮންޓެންޓް ގެނެސްދޭ ބްރޯޑްކާސްޓަރުންނާއި މެދު ފިޔަވަޅު އަޅާނެކަމަށް ބަޔާނުގައިވޭ

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ބެހޭ މަޢުލޫމާތު ގެނެސްދިނުމުގައި ޒިންމާދާރު ވުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސް ކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ އެ ކޮމިޝަނުން ނެރެފައިވާ ސަރކިއުލަރ އެއްގައި ވަނީ މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނިފައިވާ މި ދަނޑިވަޅުގައި، ޢާންމުންގެ މެދުގައި ބިރުވެރިކަން އުފެދި، ނުތަނަވަސްކަން އަންނަ ގޮތަށް ސާބިތު ނުހިފޭ މަޢުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، މިކަމާއި ގުޅޭ އެންމެހާ ކޮންޓެންސް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގައި، ސާފު ސީދާ ތެދު މަޢުލޫމާތު ގެނެސްދިނުމަށާއި ކަމާއި ގުޅޭ އިދާރާތަކުގެ ބަސް ހޯދައި، އެފަރާތްތަކާއި ޙަވާލާދީ ކޮންޓެންޓް ގެނެސްދިނުމަށް ބްރޯޑްކާސްޓަރުން މަސައްކަތް ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިފަދަ ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާތީ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެން ހޭލުންތެރި ކުރުމަށްޓަކައި ބްރޯޑްކާސްޓަރުންގެ އެއަރޓައިމްގައި މި ބަލިމަޑުކަމާ ބެހޭ ފުރިހަމަ މަޢުލޫމާތު ހިމެނޭ ކޮންޓެންޓް އިތުރުކުރުމަށް އިސްކަން ދިނުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

މީގެއިތުރުން، ބްރޯޑްކާސްޓް ކުރުމުގެ ޤާނޫނާއި، އެ ޤާނޫނުގެ ދަށުން ބްރޯޑްކާސްޓަރުން ޢަމަލުކުރުމަށް ލާޒިމުކުރާ ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި، އުޞޫލުތަކާއި، ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ޢަމަލު ކުރުމަށްވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް ވަނީ އިލްތިމާސް ކޮށްފައެވެ.

އަދި މި ހައްޞާޞް ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ޚަބަރާއި މަޢުލޫމާތު އެ ކޮމިޝަނުން ވަރަށް ޤާތުން މޮނިޓަރ ކުރަމުން ގެންދާނެ ކަމަށާއި ޤާނޫނާއި ޤަވާއިދުގެ އިމުން ބޭރުން ކޮންޓެންޓް ގެނެސްދޭ ބްރޯޑްކާސްޓަރުންނާއި މެދު ފިޔަވަޅު އަޅާނެ ވާހަކަވެސް އެކޮމިޝަނުން ވަނީ ބުނެފައެވެ.

ކޯވިޑް-19 ގެ ބަލިމަޑުކަމާއި ނުރައްކާތެރި ބަލިތަކުން ޢާންމުން ހޭލުންތެރި ކުރުމަށް ބްރޯޑްކާސްޓަރުން ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް ވަނީ ޝުކުރުއަދާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް
10 މާރޗް 2020 | އަންގާރަ 02:39
ޙޫނު
ޗެނަލް 13 ބަންދު ކުރޭ ބުރޯޑު ކޮމް ނިދާފަ