ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ އިދާރާގައި މަސައްކަތްކުރާނެ ގޮނޑި އާއި މޭޒު މިހާރު ހަވާލުކޮށްފައިވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މެމްބަރުންނަށް މަޖިލީހުގައި މަސައްކަތްކުރާނެ ސްޓޭޝަން ގޮޅިތައް ހަވާލުކުރެވިފައިވާ ކަމަށެވެ. މިހުރިހާ ދުވަހު މަޖިލީހުގައި މެމްބަރުން މަސައްކަތްކުރާނެ ގޮނޑި އާއި މޭޒު ނުހުންނަކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ޖަލްސާތައް އޮންނަ ތަޅުމުގައި ފިޔަވައި މެމްބަރުންނަށް ވަކިން ޚާއްސަކޮށްފައި ގޮނޑި އާއި މޭޒު މެމްބަރުންގެ މަަސައްކަތްތައް ކުރެއްވުމަށް މަޖިލީހުގެ އިދާރާގައެއް ނުހުރެއެވެ. އެހެންނަމަވެސް ކޮންމެ ޕާޓީއެއްގެވެސް ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރަށް ވަކި ރޫމެއް މަޖިލީހުގެ އިދާރާގައި ޚާއްސަ ކުރެވިފައި ހުރެ އެވެ.
މީގެއިތުރުން މެމްބަރުންނަށް ވަނީ އެމެމްބަރުންގެ ދާއިރާގެ ރައްޔިތުންނާ މަޖިލީހުގެ އިދާރާގައި ބައްދަލުކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފަ އެވެ.