Advertisement
ކ. މާލެ
|
9 މާރޗް 2020 | ހޯމަ 17:58
ދިވެހި ރެޑް ކްރެސެންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ދިވެހި ރެޑް ކްރެސެންޓުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ޔޫސުފް ސޮފްވާން ރަޝީދު
ކޮވިޑް-19: ދިވެހި ރެޑް ކްރެސެންޓް
ކޮވިޑް-19: ބިދޭސީންނަށާއި، ބިދޭސީން ގެންގުޅޭ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދީފިން: ރެޑް ކްރެސެންޓް
6000 އަށްވުރެ ގިނަ ބިދޭސީންނަށް ވަކިވަކިން ބައްދަލުކޮށް، މައުލޫމާތު ވަނީ ފޯރުކޮށްދެވިފައި
ބިދޭސީން ގެންގުޅޭ ކުންފުނިތަކަށް ވެސް މައުލޫމާތު ފޯރުކޮށްދީފައިވޭ
ސަރުކާރުން އަމަލު ކުރަމުންދަނީ ޑަބްލިޔުއެޗްއޯ މިންގަނޑުތަކާ އެއްގޮތަށް، ވަރަށް ރަނގަޅަށް

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19)އާ ގުޅިގެން މިދިއަ ޖެނުއަރީ މަހުން ފެށިގެން ވައިރަސްއާ އަދި އެ ވައިރަސްއިން ރައްކާތެރިވުމާ ގުޅޭ ގޮތުން ލިބެންހުރި މަޢުލޫމާތު ޢާންމުންނަށާއި ރާއްޖޭގައި ދިިރިއުޅޭ ބިދޭސީންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރުސީ)އިން ބުނެފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ދަރުބާރުގޭގައި ޤާއިމުކޮށްފައިވާ، ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހި ރެޑް ކްރެސެންޓުން ބުނީ، ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 6000 އަށްވުރެ ގިނަ މީހުންނާ ވަކިވަކި ބައްދަލުކޮށްގެން މަޢުލޫމާތު ދީފައިވާ ކަމަށާއި، ބިދޭސީން ގެންގުޅޭ ފަރާތްތަކައް ވެސް އެކަމުގެ މަޢުލޫމާތު ފޯރުކޮށްދީފައިވާކަމަށެވެ. އެމްއާރްސީން ވަނީ މާލޭ ސިޓީގެ އެކި ޞަރަޙައްދުތަކުގައި ހުރި ޕާކް ފަދަ، ޢަންމު ތަންތާނގައި ބިދޭސީންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.

އެމްއާރުސީން ބުނީ، އަދިވެސް ކުރަން ހުރި މަސައްކަތް ގިނަކަމަށެވެ. ދިވެހިންނާއި، ބިދޭސީންނަށް އެއްފަހަރު މަޢުލޫމާތު ދިނުމަކުންނުފުދޭކަން ފާހަގަކުރައްވާ، އެމްއާރްސީން ވަނީ ހުރިހާ އެންމެވެސް ވައިރަސްއިން ރައްކާތެރިވުމަށް ކުރަންޖެހޭ ކަންކަން ކުރުމާއެކު، އެހެން މީހުންނަށް ވެސް މެސެޖް ފޯރިކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.

Advertisement

އެމްއާރުސީން ވަނީ، ދުނިޔޭގެ ޞިއްޙަތާބެހޭ ޖަމްޢިއްޔާ، ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކާއި އެއްގޮތަށް ދިވެހި ސަރުކާރުން ފިޔަވަޅުތައް އަޅަމުން ގެންދާކަން ފާހަގަކޮށްފައެވެ. މީގެއިތުރުން އެމްއާރުސީން ވަނީ އެޖަމްޢިއްޔާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ކުރާ މަސައްކަތްތަކާއި އެމްއާރުސީން ދެމުންދާ ލަފާތައް ބަލައިގަނެ، ކަމާބެހޭ އިދާރާތަކުން އެއަށް ޢަމަލު ކުރަމުންދާ ކަންވެސް ފާހަގަކޮށްފައެވެ.

އެމްއާރުސީން ބުނީ، ރައްޖޭގެ ޙާލަތު ބަދަލުވަމުންދާ ގޮތައް ބަލާފައި، އެޖަމާޢަތުން، އެޖަމާޢަތާ ގުޅުންހުރި ބޭރުގެ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާ ހިނދެއްގައި ލިބިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް