ކ. މާލެ
|
9 މާރޗް 2020 | ހޯމަ 12:25
ބޭންކް އޮފް މޯލްޑިވްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ބޭންކް އޮފް މޯލްޑިވްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ބެންކް އޮފް މޯލްޑިވްސް
ބީއެމްއެލް
އެއްވެސް ރަހުނަކާ ނުލައި ވިޔަފާރިތަކަށް ހާއްސަ ލޯނެއް ބީއެމްއެލް އިން ތަޢާރަފްކޮށްފި
މިއަދުން ފެށިގެން، ހޯމް ކޮންސްޓްރަކްޝަން ލޯން އަދި ފައިނޭންސިންގެ އިކުއިޓީ %20 އަށް ވަނީ ބަދަލުކޮށްފަ
ތައާރަފްކުރި ފެސިލިޓީއަކީ އެއްވެސް ރަހުނަކާ ނުލައި ރާއްޖޭގައި ދޫކުރާ މިފަދަ ފުރުތަމަ ފައިނޭންސިންގ ފެސިލިޓީ

ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެދަށުން ރަހުނަކާނުލައި ދޫކުރުމަށް ހަމަޖެހިފައިވާ ވަރކިން ކެޕިޓަލް ފައިނޭންސް ފެސިލިޓީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފިއެވެ.

މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އިތުރަށް ފުޅާކޮށް ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ކުރު މުއްދަތެއްގައި ހޯދުމަށް، 3 މިލިއަން ރުފިޔާ އާ ހަމަޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ފެސިލިޓީއެކެވެ. ވަރކިންގ ކެޕިޓަލް ފައިނޭންސިންގ މެދުވެރިކޮށް ފާއިތުވެދިޔަ 03 އަހަރު ހޯދާފައިވާ އެވަރޭޖް ސޭލްސްގެ %20 އާ ހަމަޔަށް ވިޔަފާރިތަކަށް ފައިނޭންސް ލިބޭނެކަނަށް ބީއެމްއެލް ވަނީ ބުނެފައެވެ. އެގޮތުން ގިނަވެގެން 3 މިލިއަން ރުފިޔާ އާއި ހަމައަށް ލޯނު ދޫކުރާއިރު، އަނބުރާ ދެއްކުމަށް 3 އަހަރުގެ މުއްދަތެއް ލިބިގެންދާނެކަމަށް ބޭންކުން ބުންޏެވެ.

ބީއެމްއެލުން ބުނިގޮތުގައި މި ހިދުމަތުގެ ދަށުން ޑިމާންޑް ލޯނާއި، އޯވަރޑްރާފްޓްސް، ބޭންްކް ގެރެންޓީ، ލެޓަރ އޮފް ކްރެޑިޓް އަދި ޓްރަސްޓް ރިސީޕްޓް ޑިމާންޑް ލޯނަށް އެދި ހުށަހެޅޭނެއެވެ.

އަންގާރަ ދުވަހު ތައާރަފް ކުރެވުނު ޕްރޮޑަކްޓްގެ އިތުރުން ބިޒްނަސް ޑިވަލޮޕްމަންޓް ލޯން، ގެސްޓްހައުސް ލޯން، ރިއަލް އެސްޓޭޓް ލޯން އަދި ރީޓެއިލާސް ލޯންގެ އިންޓްރެސްޓް / ޕްރޮފިޓް ރޭޓް ވަނީ ދަށްކުރެވިފައެވެ. ލޯނުތަކަށް މި ގެނެވުނު ބަދަލުތައް ބީއެމްއެލް އިސްލާމިކްގެ ޕްރޮޑަކްޓްތަކަށްވެސް ގެނެވިފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

މި ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ތައާރަފްކުރި ފެސިލިޓީއަކީ އެއްވެސް ރަހުނަކާ ނުލައި ރާއްޖޭގައި ދޫކުރާ މިފަދަ ފުރުތަމަ ފައިނޭންސިންގ ފެސިލިޓީކަމަށެވެ.

އަޅުގަނޑުމެން ތައާރަފްކުރާ މި ފެސިލިޓީ އަކީ އެއްވެސް ރަހުނަކާ ނުލައި ރާއްޖޭގައި ދޫކުރާ މިފަދަ ފުރުތަމަ ފައިނޭންސިންގ ފެސިލިޓީ. މިއީ ރާއްޖޭގެ ވިޔަފާރިތައް ކުރިއެރުވުމަށް އަޅުގަނޑުމެން ފޯރުކޮށްދެމުންދާ އެހީތެރިކަމުގެ ދަށުން ތައާރަފްކުރެވުނު ފެސިލިޓީއެއް. މިއާއެކު ވިޔަފާރިތަކަށް ބޭނުންވާ އަދި ފުރިހަމަ ބިޒްނަސް ޕްރޮޑަކްޓް ޕޯޓްފޯލިއެއް މި ވަނީ ގާއިމްކުރެވިފަ. ވިޔަފާރި ހިންގުމަށް ބޭނުންވާ ފައިސާ ނުވަތަ ވިޔަފާރި އިތުރަށް ފުޅާކުރުމަށް ބޭނުންވާ ފައިސާ މިހާރު ފަސޭހައިން ހޯދުމަށް މިވަނީ މަގުފަހިވެފަ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ

އަންގާރަ ދުވަހު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޓިމް ވަނީ ހޯމް ކޮންސްޓްރަކްޝަން ލޯންގެ އިކުއިޓީ ދަށްކުރެވިފައިވާކަންވެސް އިއުލާންކޮށްފައެވެ. އެގޮތުން މިއަދުން ފެށިގެން، ހޯމް ކޮންސްޓްރަކްޝަން ލޯން އަދި ފައިނޭންސިންގެ އިކުއިޓީ %20 އަށް ވަނީ ބަދަލުކޮށްފައެވެ. މީގެކުރިން އިކުއިޓީ އަކީ %30 އެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 38 ބްރާންޗް، 51 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

- ކޮމެންޓް