ރާއްޖެ ގެ ހުރިހާ ރަށެއްގައި ކޮންމެ ފަރުޟު ނަމާދެއްގައި ޤުނޫތު ކިޔަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ނިންމައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެގައި ވަނީ ކޮރޯނާ ވައިރަސް ފަދަ ނުރައްކާތެރި ބަލިތަކުން ރައްކާތެރިވުމަށް އެދި ކުރަމުން އަންނަ ޤުނޫތު ނާޒިލާ އާދިއްތަ ދުވަހުން ފެށިގެން ކޮންމެ ފަރުޟު ނަމާދެއްގައި ކިޔަވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ދުނިޔޭގައި އުފެދޭ ބަލިމަޑުކަމައި ނުރައްކާތެރި ރޯގާ ތަކާއި ގުޅިގެން މީގެ ކުރިންވެސް ރާއްޖޭގައި ފަރުޟު ނަމާދުތަކުގައި ޤުނޫތު ނާޒިލާ ކިޔާފައިވެއެވެ.
ނުރައްކާތެރި ބަލިތަކުން ރައްކައުތެރިވުމަށް ޤުނޫތު ނާޒިލާ ކިއުމަށް ނިންމާފައި މިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ދެ ބިދޭސީއަކު ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވްވެފައިވާކަން އިޢުލާންކޮށްފައި ވަނިކޮށެވެ.