Advertisement
ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 17:16
ދަސްވެނިވުން
ދަސްވެނިވުން
ރައީސް އޮފީސް
ކޮވިޑް-19
ކޮވިޑް-19: އެމްއެންޔޫގެ ދަސްވެނިވުން ފަސްކުރުމަށް ނިންމައިފި
އެމްއެންޔޫގެ ދަސްވެނިވުން ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ 8 މާރޗް ވާ އާދިއްތަ ދުވަހުގެ ރޭ
މާރޗް ދަސްވެނިވުން ދެން އޮންނާނޭ ތާރީޚް ފަހުން އަންގާނެ
ސެޓިފިކެޓަށް އެދޭ ކުދިންނަށް ސެޓިފިކެޓް ރަޖިސްޓްރަރ ގެ އޮފީހުން 11 މާރޗް 2020 ވަނަ ދުވަހުގެ ކުރިން ލިބޭނެ

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ނުރައްކާ ރާއްޖެއަށް އައުމާއެކު މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ދަސްވެނިވުން ފަސްކުރުމަށް ނިންމައިފިއެވެ.

އެމްއެންޔޫގެ ދަސްވެނިވުން ބޭއްވުމަށް ކުރިން ހަމަޖެހިފައި އޮތީ 8 މާރޗް ވާ އާދިއްތަ ދުވަހުގެ ރޭގައެވެ.

Advertisement

މިކަމާއި ގުޅިގެން އެމްއެންޔޫއިން ބުނީ މާރޗް ދަސްވެނިވުން ދެން އޮންނާނެ ވަކި ތާރީޚެއް ފަހުން އަންގާނެ ކަމަށެވެ. އަދި ފަސްކުރެވިފައިވާ ދަސްވެނިވުމުގައި ބައިވެރިވާން ބޭނުން ނުވާ ކުދިންނަށް ދަރިވަރުންގެ ޚިދުމަތްތަކާ ބެހޭ ބައިން ދަސްވެނިވުމުގައި ބައިވެރިވާން ދެއްކި ފައިސާ އަނބުރާ ލިބޭނެ ކަމަށް ވެސް އެމްއެންޔޫ އިން ބުންޏެވެ.

އެމްއެންޔޫއިން ބުނީ ސެޓިފިކެޓަށް އެދޭ ކުދިންނަށް ސެޓިފިކެޓް ރަޖިސްޓްރަރ ގެ އޮފީހުން 11 މާރޗް 2020 ވަނަ ދުވަހުގެ 14:00ގެ ކުރިން ލިބޭނެ ކަމަށާއި، ފަސްކުރެވުނު ދަސްވެނިވުމުގައި ބައިވެރިވުމަށް އެދިފައިވާ ދަސްވެނިންނަށް ސެޓިިފިކެޓް ލިބުނު ނަމަވެސް ބައިވެރިވުމުގެ ފުރުޞަތު ދެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ޒިހްނަތު ހަސަން
- ކޮމެންޓް