ކ. މާލެ
|
8 މާރޗް 2020 | އާދީއްތަ 14:43
ކުރެއްދޫ އައިލެންޑް ރިސޯޓް: ޕޮޒިޓިވްވީ މި ރިސޯޓުގެ ދެ މުވައްޒަފުން
ކުރެއްދޫ އައިލެންޑް ރިސޯޓް: ޕޮޒިޓިވްވީ މި ރިސޯޓުގެ ދެ މުވައްޒަފުން
ގޫގްލް މެޕްސް
ކޮވިޑް-19
ކޮވިޑް-19 އާ ގުޅިގެން ލައްކައަކަށް ވުރެ ގިނަ ކެންސަލޭޝަން!
ކުރިންވެސް އިނގޭ މި ހާލަތު ކުރިމަތިވާނެކަން، ހާލަތަށް ތިބީ ތައްޔާރުވެގެން: އަލީ ވަހީދު
ގޮތް ނިންމަނީ ސްޓޭކްހޯލްޑަރުންނާ ވަރަށް ގާތުން މަޝްވަރާކޮށްފައި: އަލީ ވަހީދު
ޅ. ކުރެއްދޫގައި ތިބި އެންމެންނަށްވެސް ސަރުކާރުގެ އެހީ ލިބޭނެ: އަލީ ވަހީދު

ކޮވިޑް-19 އާ ގުޅިގެން މިހާތަނަށް 125،000 އަށް ވުރެ ގިނަ ކެންސަލޭޝަން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް ސިނާއަތުގެ ހާލަތު އަންގައިދޭން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ވަހީދު ވަނީ ޓޫރިޒަމް ސިނާއަތަށް ބޮޑު ލޮޅުމެއް އަންނާނެކަން ކުރިންވެސް އެނގޭކަން ހާމަކުރެއްވިއެވެ. އަދި މިއީ އަރައިނުގަނެވޭނެ ހާލަތެއް ނޫންކަން ފާހަގަކުރައްވާ، މި ހާލަތުން އަރައިގަންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މިހާތަނަށް އަޅާފައިވާ ފިޔަވަޅުތަކާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ދެއްވަމުން، ވިދާޅުވީ ޓޫރިޒަމް ދާއިރާގެ ހުރިހާ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކުރެވިގެން ކުރެވެމުންދާ ކަމަށެވެ. އަދި މި ދާއިރާގައި ތިބި ހުރިހާ ފަރާތްތަކަށް ދޭންޖެހޭ އެއްބާރުލުން މިނިސްޓްރީން ދެމުން ގެންދާނެ ކަމަށް ވިދާޅުވިއެވެ.

މި ވައިރަސްއަށް ޕޮޒިޓިވްވީ ދެ މީހުން ފެނުނު ޅ. ކުރެއްދޫގެ ހާލަތު ބަޔާންކުރަމުން އަލީ ވަހީދު ވިދާޅުވީ އެ ރިސޯޓުގައި މި ވަގުތު 696 ފަތުރުވެރިން އެބަ ތިބި ކަމަށެވެ. އަދި ވަރަށް ގާތުން އެ ފަރާތްތަކުގެ ހާލަތު މޮނީޓަރ ކުރެވެމުން ދާކަމަށްވެސް ވިދާޅުވިއެވެ.

އެ ރިސޯޓުގައި ތިބި ފަތުރުވެރިންގެ ތެރޭގައި 4 ދިވެހިން ތިބިކަންވެސް އަލީ ވަހީދު ހާމަކުރެއްވިއެވެ. އަދި އެ ރިސޯޓުގައި ތިއްބެވި ފަރާތްތަކަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

މިއީ ފަހުގެ ތާރީހެއްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އައި އެންމެ ބޮޑު ލޮޅުމެވެ. އެގޮތުން ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ ބޮޑު އިންސައްތައެއް ހިއްސާކުރާނީ ފަތުރުވެރިކަމާއި އެސިނާއަތާ ގުޅިފައިހުރި އެހެނިހެން ސިނާއަތްތަކުންނެވެ.

- ކޮމެންޓް
8 މާރޗް 2020 | އާދީއްތަ 16:19
ކޮވިޑް 19
ޙިތާމައެއްގެ ކޮޅެއްވެސް ނެތެވެ. އަޅުގަނޑު ހިތައް އަންނަނީ ވަހީދު ސަރުކާރާ ރައީސް ޔާމީންގެ ސަރުކާރު ފެށުނީއްސުރެ ނިމެންދެން އަންނިއާއި އޭނަގެ އައުވާނުން ކެނޑިނޭޅި ރާއްޖޭގެ ޓުއަރިޒަމް ބޮއިކަޓު ކުރަން ގޮވި ހަދާން. ޓުއަރިސްޓުން އައު މަދުވީމަ އެކަމުގެ ހިތި ރަހަ ކޮންމެ ސަރުކާރެއް އޮތަސް އެންމެ ބޮޑަށް ކުރަންޖެހޭނީ ދިވެހި ނިކަމެތި ރައްޔިތުން. މިބަިމީހުންނަށް މިކަމުން އިބުރަތް ހާސިލް ވާނެކަމަށް އުންމީދު ކުރަން. ދުއާ އަކީ މި ވަބާއިން އަޅަމެން ރައްކާތެރިކޮށދެއްވައި ރާއްޖޭގެ އިގްތުސޯދަށް ހަމަޔަކަށް އެޅުން. ސަލާމް