Advertisement
ކ. މާލެ
|
7 މާރޗް 2020 | ހޮނިހިރު 16:01
ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީ
ފަރުކޮޅުފުށީގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީ
ހެލްތު މިނިސްޓްރީ
ކޮވިޑް-19
ތިނަދޫއިން އައިސޮލޭޝަނަށް ގެންދިޔަ މީހާގެ ފުރަތަމަ ޓެސްޓެ ނެގެޓިވް!
އަދިވެސް އަލާމާތްތައް ހުރުމުން 24 ގަޑިއިރު ފަހުން ޓެސްޓްކުރާނެ
ތިނަދޫ އަށް އަރާފޭބުން މިހާރު ވަނީ ހުއްދަކޮށްފައި
ތިނަދޫ އަށް އަރާ ފޭބުމަށް ހުއްދަ ދިނީ ކޮންޓެކްޓް ޓްރޭސިންގް ހެދުމަށް ފަހު

ކޮވިޑް-19 އަށް ޝައްކުކުރެވިގެން އަލާމާތްތައް ހުރެގެން ވ. ތިނަދޫއިން އައިސޮލޭޝަން ފެސިލިޓީއަށް ގެންދެވުނު މީހާގެ ޓެސްޓުގެ ނަތީޖާ ނެގެޓިވްކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން މިހެން އިއުލާންކުރި ކަމުގައިވީ ނަމަވެސް، އަދިވެސް އެ މީހާގެ ފުށުން ބަލީގެ އަލާމާތްތައް ފެންނަން ހުރުމާއެކު، 24 ގަޑިއިރު ފަހުން އަލުން ޓެސްޓް ކުރެވޭނެ ކަމަށް އެޗްޕީއޭއިން މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން ވ. ތިނަދޫ ގެ “ކޮންޓެކްޓް ޓްރޭސިންގ" ހެދުމާއި ބަލަންޖެހޭ އެހެނިހެން ބެލުންތައް ބެލުމަށް ފަހު މިހާރު އެރަށަށް އަރާ ފޭބުމަށް ހުރަހެއްނެތްކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

Advertisement

ކޮވިޑް-19 އަށް ޝައްކުކުރެވިގެން އެކަހެރި ކޮށްފައިވަނީ އިޓަލީގެ ފަތުރުވެރިއެކެވެ. އެ މިހާ ކަރަންޓީނު ކޮށްފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މިހާކު ފެނިފައިނުވިޔަސް ޅ. ކުރެއްދޫ ރިސޯޓުގައި ޗުއްޓީ ހޭދަކުރުމަށް ފަހު ގައުމަށް ދިޔަ ފަތުރުވެރިއަކު އެ ބައްޔަށް ޕޮޒިޓިވްވެފައިވާކަން ހުކުރު ދުވަހު ސަރުކާރުން ބޭއްވި ޕްރެސްކޮންފަރެންސްގައި ވަނީ ހާމަކޮށްފައެވެ.

އަދި އެކަމާއި ގުޅިގެން އެ މީހާއާ ކޮންޓެކްޓްވެފައިވާ މީހުން ދެނެގަތުމަށް ކުރެއްދޫ ރިސޯޓަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އަދި އޭގެ އިތުރުން ސަމަރ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރުމުން ދިޔަ ފްރާންސްގެ ދެ ފަތުރުވެރިންގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތެއް ފެނިފައިވާތީ، އެ ފަރާތްތަކަށް އެކަހެރިކޮށް، އެރަށަށް ވެސް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް