Advertisement
ކ. މާލެ
|
7 މާރޗް 2020 | ހޮނިހިރު 11:08
ސަމަރ އައިލަންޑް ރިސޯޓު
ސަމަރ އައިލަންޑް ރިސޯޓު
ބުކިންގ.ކޮމް
ކޯވިޑް-19
ކޮވިޑް 19: ސަމަރ އައިލެންޑް ރިސޯޓުވެސް ލޮކްޑައުން ކޮށްފި
ލޮކްޑައުންކޮށްފައިވަނީ ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަރަންސޭސިވިލާތުގެ 2 ފަތުރުވެރިޔަކު ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން
އެ ދެމީހުން މިނޓަރ ކުރުމުގެ މަސައްކަތް ކުރިޔަށް އެބަދޭ
އެރަށަށް އަރައި ފައިބާ ހެދުންވަގުތީ ގޮތުން ވަނީ ހުއްޓާފައި

ކޮރޯނާ ވައިރަސްއަށް ޝައްކުކުރެވޭ އަލާމާތްތަށް ހުރި 2 ފަތުރުވެރިއަކު ފެނުމާއެކު ސަމަރ އައިލެންޑް ރިސޯޓަށް އަރައި ފައިބާ ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ.

Advertisement

ހޮނިހިރު ދުވަހު އެޗްޕީއޭއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ސަމަރ އައިލަންޑް ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން ދިޔަ ފަރަންސޭސިވިލާތުގެ 2 ފަތުރުވެރިޔަކު ކޮވިޑް 19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރުމުން މޮނިޓަރކުރުމަށާއި ޓެސްޓު ހެދުމަށް އެކަމަށް ކަނޑައެޅިފައިވާ މަރުކަޒަށް ގެނައުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށެވެ. އަދި ޝައްކުކުރެވޭ މީހަކު ފެނުމުން އަމަލު ކުރަން އޮންނަގޮތުގެ މަތިން އެރަށަށް އަރައި ފައިބާ ހެދުން ވަގުތީ ގޮތުން ހުއްޓާލާފައިވާކަމަށެވެ.

ސަމަރ އައިލެންޑް ރިސޯޓް ލޮކްޑައުން ކުރުމާއިއެކު ރާއްޖެއިން ލޮކްޑައުން ކުރި ތަންތަނުގެ އަދަދު މިވަނީ 3 ކަށް އަރާފައެވެ. ވ. ތިނަދޫއަށް ދިޔަ އިޓަލީވިލާތުގެ 3 ފަތުރުވެރިންގެ ގައިން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތަކެއް ފެނިވާތީ އާއި، ކުރެއްދޫ ރިސޯޓަށް ދިޔަ އިޓަލީވިލާތުގެ ފަތުރުވެރިއަކު އެނބުރި ގައުމަށް ދިޔަ ފަހުން އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ އެ ދެ ރަށް ވަނީ ލޮކްޑައުންކޮށްފައެވެ. އަދި ބަލަންޖެހޭ ކަންކަން ބަލާ ޓެސްޓްތަކުގެ ނަތީޖާ ލިބެންދެން އަދި ވަކި އެއްޗެއް އަންގަންދެން އެ ދެ ރަށަށް މީހުން އެރުމާއި ފޭބުން ވެސް ވަނީ ވަގުތީ ގޮތުން މަނާކޮށްފައެވެ.

އެޗްޕީއޭއިން ބުނީ، ސަމަރ އައިލެންޑް ރިސޯޓް ލޮކްޑައުންގެ އިތުރު މައުލޫމާތު ހިއްސާކުރާނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
- ކޮމެންޓް