ކ. މާލެ
|
7 މާރޗް 2020 | ހޮނިހިރު 09:50
ހޯރަފުށީ އެއަރޕޯޓުގެ ރަންވޭ ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ދަނީ
ހޯރަފުށީ އެއަރޕޯޓުގެ ރަންވޭ ތާރު އެޅުމުގެ މަސައްކަތް ކުރިޔަށް ދަނީ
ޙުސައިން މަޚްތޫމް
ހޯރަފުށި އެއަރޕޯޓު
ސެޕްޓެމްބަރު މަހު ހޯރަފުށި އެއަރޕޯޓުގެ މަސައްކަތް ނިމޭނެ
އެއަރޕޯޓުގައި މިހާރު ކުރެވެމުން ދަނީ ރަންވޭ އެޅުމުގެ މަސައްކަތް
އެއަރޕޯޓުގެ 52 އިންސައްތަ މަސައްކަތް ވަނީ ނިމިފައި
މި އެއަރޕޯޓު އެޅުމަކީ ރައީސް ސޯލިހުގެ ވައުދެއް

މި އަހަރުގެ ސެޕްޓެމްބަރު މަހު ހޯރަފުށި އެއަރޕޯޓުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

ހޯރަފުށި އެއަރޕޯޓުގެ މަސައްކަތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ނިންމާލެވޭނެ ކަަން އިއުލާންކުރެއްވީ، އެ ކުންފުނީގެ އެމްޑީ އަހްމަދު އާޒިމްއެވެ. އެގޮތުން އެއަރޕޯޓު އަޅާ ސަރައްހައްދުގައި ހުންނަވާ އާޒިމް ވިދާޅުވީ، އެއަރޕޯޓުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މިހާރު އެއަރޕޯޓު އެޅުމުގެ މަސައްކަތުގެ ތެރެއިން ކުރެވެމުން ދަނީ، ރަންވޭ އެޅުމުގެ މަސައްކަތެވެ. އެގޮތުން ރަންވޭގައި އަޅާ ހަތަރު ފަށަލައިގެ ތެރެއިން ފުރަތަމަ އަޅާ އެގްރިގޭޓް ބޭސް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ހޯރަފުށި އެއަރޕޯޓް އަޅަމުން ގެންދަނީ ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ. އަދި މިހާރު އެއަރޕޯޓު އަޅަން ބޭނުންވާ ބިމުގެ ސަރަހައްދު އެއްކޮށް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ މައުލޫމާތު ދީފައެވެ.

ހޯރަފުށި އެއަރޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ތެރެއިން

ޖުމްލަ 198 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކެރެވި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް އެ އަހަރުގެ މާޗް 31 ގައި ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

- ކޮމެންޓް