ކ. މާލެ
|
6 މާރޗް 2020 | ހުކުރު 09:00
އެންޒީ ފިހާރައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެންޒީ ފިހާރައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެންޒީ
އެންޒީ
އެންޒީން ގޭގެއަށް ދަޅުމަސް ހިލޭ ޑެލިވަރ ކުރުމުގެ ޙިދުމަތް ފަށަނީ
 
އެންޒީއިން މިހާރުވެސް ކުރިއަށް ގެންދަމުންދާ "އެންޒީ ވަރަށް ފައްކާ" ނަމުގައި އަންނަނީ ޕްރޮމޯޝަނެއް ކުރިއަށްގެންދަމުން

އެންޒީއިން މިހާރުވެސް ކުރިއަށް ގެންދަމުންދާ "އެންޒީ ވަރަށް ފައްކާ" ޕްރޮމޯޝަންއާއި ގުޅުވައިގެން ރޯދަމަހަށް ޙާއްސަ ޕްރޮމޯޝަންއެއް 7 މާރޗްގައި ފަށަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ 7 މާރޗްއިން ފެށިގެން، ގޭގެއަށް ދަޅުމަސް ހިލޭ ޑެލިވާރ ކުރުމުގެ ޙިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައިކަމަށެވެ. ދަޅު މަހަކީ ރޯދަމަހު ދިވެހިން އެންމެ ގިނައިން ބޭނުންކުރާ އެއް ޕްރޮޑަކްޓްކަން ފާހަގަކޮށް ކުންފުނިން ބުނީ މަގްސަދަކީ ހުރިހާ ކަސްޓަމަރުންގެ ވަގުތު ސަލާމަތްކޮށްދީ ގޭގަ ތިއްބަވައިގެން އެންޒީގެ ޕްރޮޑަކްޓް މާލެ އަދި ހުޅުމާލޭގައި ދިރިއުޅުއްވާ ބޭފުޅުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ޑެލިވާރ ކުރާނީ އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަން ލޭބަލް ޖަހާފައިވާ މަސްދަޅެވެ. ލޭބަލްކޮޅު ދަޅުން ނައްޓާ ލެއްވުމަށްފަހު ލޭބަލްގެ ފަހަތުގައިވާ ސީރިއަލް ނަމްބަރ 5040 އަށް މެސެޖް ކޮށްލެއްވުމުން އެންޒީ ވަރަށް ފައްކާ ޕްރޮމޯޝަންގައި ބައިވެރިވެވޭނެކަމަށް އެ ކުންފުނިން ބުންޏެވެ. ކޮންމެ މަހަކު ގުރުއަތު ނެގުމަށްފަހު ފައިސާގެ އިނާމުގެ ގޮތުގައި 1000ރ، 5000ރ، 10000ރ، ނަސީބު ވެރި ތިން ފަރާތަކަށް ލިބިގެންދާނެކަމަށް އެންޒީން ބުންޏެވެ.

އޭގެއިތުރުން 15 ފެބްރުވަރީ އިން 31 ޖުލައި، މި މުއްދަތުގެ ތެރޭގައި އެސްއެމްއެސް ކުރަށްވާފައިވާ ހުރިހާ ބޭފުޅުންގެ މެދުގައި ގްރޭންޑް ލަކީ ޑްރޯއެއް ނެގިގެންދާނެކަމަށާއި، ފައިސާގެ އިނާމުގެ ގޮތުގައި 30000ރ، 50000ރ، 100000ރ، ރުފިޔާ ނަސީބު ވެރި ތިން ފަރާތަކަށް ލިބިގެންދާނެކަމަށް އެންޒީން ބުންޏެވެ.

އެންޒީން ބުނީ މި ޕްރޮމޯޝަންގެ ދަށުން އެންމެ މަދުވެގެން 13 މަސްދަޅު ބައްލަވައިގަންނަވާނަމަ ފްރީ ޑެލިވަރީގެ ޙިދުމަތް ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ސިމާހާ ނަސީމް
0%
100%
0%
0%
0%
0%
ކޮމެންޓް