އިޓަލީގައި ހަލުވިކަމާއިއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިޓަލީގައި ބާއްވާ ކުޅިވަރު ހުރިހާ ހަރަކާތެއް ސަޕޯޓަރުން ނުވައްދާ ކުޅުމަށް ނިންމައިފައިވާ ކަމަށް އިޓަލީ ސަރުކާރުން އެގައުމުގެ ކުޅިވަރު އެސޯސިއޭޝަން ތަކަށް އަންގައިފިއެވެ.
އިޓަލީގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުން އަންނަ އުތުރުގެ ހިސާބުގައި ކުޅުމަށް ހަމަޖެހިފައި އޮތް ބޮޑެތި ފުޓުބޯޅަ މެޗުތައް މިހާރު އަންނަނީ ފަސްކުރަމުންނެވެ. އޭގެ ތެރޭގައި އިޓާލިއަން ލީގުގެ މެޗުތަކާއި އިޓާލިއަން ކަޕްގެ މެޗުތައް ވެސް ހިމެނެއެވެ. އެގޮތުން އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގައި ޔުވެންޓަސް އާއި އޭސީ މިލާން ކުޅެން އޮތް މެޗުވެސް ހިމެނެއެވެ.
އިޓަލީގެ ސަރުކާރުން އެންގި އެންގުމާއި އެކު އަންނަ ހަފްތާގައި އިޓާލިއަން ލީގުގެ މެޗުތައް ސަޕޯޓަރުންނާއި ނުލާ ކުޅުމަށް އިޓަލީގެ އެފްއޭ އިން ވަނީ ނިންމައިފައެވެ. އަދި މި އެންގުމާއިއެކު ޗެމްޕިއަންސް ލީގާއި ޔޫރަޕާ ލީގުގެ މެޗުތަކުގެ ތެރެއިން އިޓަލީގައި ކުޅޭ މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.
މީގެ އިތުރުން އިޓަލީގެ ސިއްހަތު އިދާރާއިން ވަނީ މެޗުތައް ކުޅޭ އިރު ކުޅުންތެރިންނާއި އޮފިޝަލުން އިތުރަށް ސަމާލުވުމަށް އަންގައިފައެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ގަވައިދުން ސްކްރީން ކުރުމަށް ވަނީ އަންގައިފައެވެ. އަދި މެޗުތަކުގައި އާއި ޕްރެކްޓިސްތަކުގައި ތުންޖަހައިގެން އެއް ފެންފުޅި ކުޅުންތެރިން ބޭނުން ނުކުރުމަށާއި ތުވާއްޔާއި ހެދުން ވަކިން ބޭނުން ކުރުމަށް އެ އިދާރާއިން ވަނީ ކުޅުންތެރިންނަށް އިލްތިމާސް ކޮށްފައެވެ.
ޗައިނާއިން ޑިސެމްބަރު މަހު ފެނުނު ކޮރޯނާވައިރަސް މިހާރު ވަނީ ދުނިޔޭފެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ. އެގޮތުން ޔޫރަޕުން މި ބަލި އެންމެ ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ގައުމަކީ އިޓަލީ އެވެ. އިޓަލީއިން މިހާތަނަށް ކޮރޯނާ ވައިރަސްގެ 3000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 100 އަށްވުރެ ގިނަ ކަމަށް އިޓަލީއިން ހާމަކުރެއެވެ.އިޓަލީގައި ހަލުވިކަމާއިއެކު މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން އިޓަލީގައި ބާއްވާ ކުޅިވަރު ހުރިހާ ހަރަކާތެއް ސަޕޯޓަރުން ނުވައްދާ ކުޅުމަށް ނިންމައިފައިވާ ކަމަށް އިޓަލީ ސަރުކާރުން އެގައުމުގެ ކުޅިވަރު އެސޯސިއޭޝަން ތަކަށް އަންގައިފިއެވެ.
އިޓަލީގައި ކޮރޯނާވައިރަސް އެންމެ ބޮޑަށް ފެތުރެމުން އަންނަ އުތުރުގެ ހިސާބުގައި ކުޅުމަށް ހަމަޖެހިފައި އޮތް ބޮޑެތި ފުޓުބޯޅަ މެޗުތައް މިހާރު ވެސް އަންނަނީ ފަސްކުރަމުންނެވެ. އޭގެ ތެރޭގައި އިޓާލިއަން ލީގުގެ މެޗުތަކާއި އިޓާލިއަން ކަޕްގެ މެޗުތައް ވެސް ހިމެނެއެވެ. އެގޮތުން އިޓާލިއަން ކަޕްގެ ސެމީ ފައިނަލުގައި ޔުވެންޓަސް އާއި އޭސީ މިލާން ކުޅެން އޮތް މެޗުވެސް ހިމެނެއެވެ.
އިޓަލީގެ ސަރުކާރުން އެންގި އެންގުމާއި އެކު އަންނަ ހަފްތާގައި އިޓާލިއަން ލީގުގެ މެޗުތައް ސަޕޯޓަރުންނާއި ނުލާ ކުޅުމަށް އިޓަލީގެ އެފްއޭ އިން ވަނީ ނިންމައިފައެވެ. އަދި މި އެންގުމާއިއެކު ޗެމްޕިއަންސް ލީގާއި ޔޫރަޕާ ލީގުގެ މެޗުތަކުގެ ތެރެއިން އިޓަލީގައި ކުޅޭ މެޗުތައް ކުޅޭނީ ސަޕޯޓަރުން ނުވައްދަ އެވެ.
މީގެ އިތުރުން އިޓަލީގެ ސިއްހަތު އިދާރާއިން ވަނީ މެޗުތައް ކުޅޭ އިރު ކުޅުންތެރިންނާއި އޮފިޝަލުން އިތުރަށް ސަމާލުވުމަށް އަންގައިފައެވެ. އަދި ކުޅުންތެރިންނާއި އޮފިޝަލުން ގަވައިދުން ސްކްރީން ކުރުމަށް ވަނީ އަންގައިފައެވެ. އަދި މެޗުތަކުގައި އާއި ޕްރެކްޓިސްތަކުގައި ތުންޖަހައިގެން އެއް ފެންފުޅި ކުޅުންތެރިން ބޭނުން ނުކުރުމަށާއި ތުވާއްޔާއި ހެދުން ވަކިން ބޭނުން ކުރުމަށް އެ އިދާރާއިން ވަނީ ކުޅުންތެރިންނަށް އިލްތިމާސް ކޮށްފައެވެ.
ޗައިނާއިން ޑިސެމްބަރު މަހު ފެނުނު ކޮރޯނާވައިރަސް މިހާރު ވަނީ ދުނިޔޭފެ އެކި ކަންކޮޅުތަކަށް ފެތުރިފައެވެ. އެގޮތުން ޔޫރަޕުން މި ބަލި އެންމެ ހަލުވިކަމާއިއެކު ފެތުރެމުން އަންނަ ގައުމަކީ އިޓަލީ އެވެ. އިޓަލީއިން މިހާތަނަށް ކޮރޯނާ ވައިރަސްގެ 3000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު މި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު 100 އަށްވުރެ ގިނަ ކަމަށް އިޓަލީއިން ހާމަކުރެއެވެ.